ކުރީގެ ބާއިންޖީނުގޭ ސަރަހައްދުގައި ހުންނަ ސިޓީ ޕާކްގައި ހިންގަމުން އައި ޑައިނަމޯ ރެސްޓޯރެންްޓާއި އެކްރަޕޯލް ރެސްޓޯރެންޓް ބަންދުކޮށްފި އެވެ.

އެ ދެ ރެސްޓޯރެންޓް ބަންދުކޮށްފައި ވަނީ އެތަން ބަންދުކުރުމަށް ތަކުރާރުކޮށް އަންގައި މުއްދަތުތަކެއް ދިނުމަށް ފަހު އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ޑައިނަމޯއިން މާލޭގައި އެހެން ރެސްޓޯރެންޓެއް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ސިޓީ ޕާކާއި މަޖީދީމަގު ފަހާމަސް ކައިރީ ހުންނަ ފިނި ޕާކް ހުސްކޮށް އެތަންތަނަކީ ހިތްފަސޭހަ މައިދާންތައް ކަމަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ފިނި ޕާކްގައި ހިންގަމުން ދިޔަ ރެސްޓޯރެންޓްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

އެ ދެ ތަން ސަރުކާރަށް ނަގާފައިވާ އިރު، އޭގެ ތެރެއިން ސިޓީ ޕާކުގައި ޑައިންމޯ ރެސްޓޯރަންޓަކާއި އެކްރަޕޯލްގެ ނަމުގައި އަމިއްލަ ފަރާތަކުން ދިޔައީ ދިޔައީ ދެ ރެސްޓޯރަންޓެއް ހިންގަމުންނެވެ. އަދި ފިނި ޕާކްގައި ވެސް އަމިއްލަ ފަރާތަކުން އަންނަނީ ރެސްޓޯރަންޓެއް ހިންގަމުންނެވެ.