26 Apr 2015, 11:37
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސީޓީއިން 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗްގެ ތިން ވަނަ މިނެޓްގައި ލީޑު ނެގީ ސިޓީ އިން ނެވެ. އެޓީމަށް އެ ލަނޑު ކާމިޔަބުކޮށްދިނީ އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އެވެ. އެތުލެޓިކޯގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ 16 ވަނަ މިނެޓްތެރޭގައި ކާމިޔާބު ކުރީ އެލެގްޒެންޑާ ކްލަރޯވް އެވެ. އެ ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން އެސްޓަންވިލާގެ ޓޮމް ކްލެވަރުލޭ ވަނީ އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗްގެ 85 ވަނަ މިނެޓްގައި ކޮލަމްބިއާގެ ކޯލޯސް ސަންޗޭޒް ވަނީ އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރޭގެ މެޗްގައި ސިޓީގެ އަގުއޭރީ ލަނޑު ޖެހުމަށް ފަހު އުފާ ކުރަނީ --- ފޮޓޯ/ ޔޫރޯ ސްޕޯޓްސް
މިނަތީޖާއާ އެކު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މެޗް ނިމޭނީ ދެޓީމް އެއްވަރުވެގެން ކަމަށެވެ. ނަމަވެސް ސިޓީގެ ބްރަޒިލްގެ މިޑްފީލްޑަރ ފެރުނާންޑީނިއޯ ވަނީ އެންމެ ފަހު މިނެޓް ތެރޭގައި ސިޓީ މެޗުން މޮޅުކޮށްދިން ލަނޑުޖަހައިދީފަ އެވެ.

ރޭގެ މެޗްގައި އެސްޓަން ވިލާގެ ކުޅުންތެރިން ސިޓީއާ އެއްވަރު ކުރުމަށް ފަހު އެކަމާ އުފާކުރަނީ. ނަމަވެސް މިމެޗްގައި ސިޓީއިން ވަނީ އެންމެފަހު ވަގުތުގައި ލަނޑު ޖަހައި މެޗުން މޮޅުވެފަ --- ފޮޓޯ/ ބީބީސީ
މިމެޗުން ސިޓީ މޮޅުވި ނަމަވެސް ޕޮއިންޓް ތާވަލް އެކުލެވިފައިވާ ގޮތަށް ބަދަލެއް ނާދެ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތީ 76 ޕޮއިންޓާއެކު ޗެލްސީ އެވެ. ސިޓީ މިމެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާ އެކު 67 ޕޮއިންޓް ލިބިގެން އެޓީމް އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ.
މިރޭ ޗެލްސީއާ އާސެނަލް ބައްދަލު ކުރާ މެޗުން ސެލްސީ މޮޅުވެއްޖެ ނަމަ ލީގު ކަށަވަރު ކުރުމާ ތިން ޕޮއިންޓާ ގާތަށް އެޓީމް ޖެހިލެވޭނެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޗެލްސީ އާއި އާސެނަލް ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ.
ރޭ ޕްރިމިއާ ލީގުގައި ސްވަންސާ ސިޓީއާ ނިއުކާސަލް ބައްދަލު ކުރި މެޗުން 3-2 ގެ ނަތީޖާއަކުން މޮޅުވީ ސްވަންސާ ސިޓީ އެވެ.
ކްއީންސް ޕާކް ރޭންޖާސްއާ ވެސްޓްހަމް ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ލިވަޕީލާ ވެސްޓް ބްރޯމް ކުޅުނު މެޗްވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.