29 Apr 2015, 12:42
ގެސްޓުހައުސް އެއްތެރޭ އެއް ޖިންސުން ގުޅުން ހިންގަން ތިބި ކަމަށް ތުހުމަތުކުރެވޭ ދެ ފިރިހެނަކު ބަރަހަނާ ވީޑިއޯތަކަކާއި މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.
އެމައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އިއްޔެރޭ 8:00 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލޭ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.
އެ ދެމީހުން ހައްޔަރުކޮށް އެމީހުން ތިބި ކޮޓަރި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބަރަހަނާ ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.