03 May 2015, 16:49
ދުނިޔޭގެ އެކި ބަސް ބަހުގެ މޮޅެތި ފިލްމުތައް ދެއްކުމަށް "ސިނެމާ ވޯލްޑް އެޗްޑީ"ގެ ނަމުގައި ޗެނަލް އެއް މީޑިއާނެޓުން ލޯންޗުކޮށްފި އެވެ.
"ހޮލީވުޑް" ފިލްމުތަކުގެ އިތުރުން އެ ޗެނަލް އިން ފެނިގެން ދާނީ މުނިފޫހި ފިލުވުމުގެ އައު ރަހަތަކެއް ކަމަށް މީޑިއާނެޓުން ބުންޏެވެ.
މީޑިއާނެޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސިނަމާ ވޯލްޑް އެޗްޑީ އިން ފެނިގެން ދާނީ ދުނިޔޭގެ އެކި ހިސާބުތަކުގެ އެންމެ މޮޅެތި ވާހަކަތަކާއި އެވޯޑު ލިބިފައިވާ އަދި ބޮކްސް އޮފީހުގައި މޮޅެތި ކާމިޔާބީ ހޯދާފައިވާ ފިލްމުތައް ކަމަށެވެ.
ތަފާތު ގައުމުގެ ސަގާފަތާއި އެކި ގައުމުތަކުގެ ފިލްމް އިންޑަސްޓްރީގައި ހުރި ތަފާތު މޮޅެތި އުފެއްދުންތައް އެ ޗެނަލުން ފެނިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
"އެކްސްޓާ މޫވީސް" އަށް ސަބްސްކަރައިބް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެ ޗެނަލް އިތުރު ޗާޖެއް ނުލައި ފެންނާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ. އެ ޗެނަލް ފެންނާނީ ޗެނަލް ނަމްބަރު 818 އިންނެވެ.
މީޑިއާނެޓުން ދާދި ފަހުން ވަނީ އައު ދެ ޗެނަލެއް ލޯންޗު ކޮށްފަ އެވެ.