އެއްގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވައި ދިނުމުގެ ޚިދުމަތްދޭ ކުންފުންޏެއްކަމަށްވާ ވެސްޓާން ޔޫނިއަން މެދުވެރިކޮށް ނޭޕާލަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ހިލޭ ދޭން ފަށައިފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ، އެގައުމުގައި ތިބި މީހުންނަށް ރާއްޖެއިން ފައިސާ ފޮނުވުމުގެ ޚިދުމަތަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ދޭނީ ހިލޭ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ރާއްޖޭގެ އިތުރުން އެމެރިކާއާއި ސޫރިޔާއާއި ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި ގަތަރާއި ބަހުރައިނާއި ކުވައިތާއި އުމާނާއި އިރާގާއި ޗައިނާއާއި މެލޭޝިއާއާއި ހޮންކޮންގާއި އޮސްޓްރޭލިއާއާއި ނިއުޒީލޭންޑާއި ތައިލެންޑާއި ސިންގަޕޫރާއި ޖަޕާނާއި ތުރުކީއާއި އިސްރާއީލާއި ލުބުނާނާއި ޔޫރަޕްގެ ގައުމުތަކުން ނޭޕާލަށް ފައިސާ ފޮވުމުގެ ޚިދުމަތް ވެސް މިމުއްދަތުގައި ދޭނީ ހިލޭ ކަމަށެވެ.

ވެސްޓާން ޔޫނިއަން މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމް މިމުއްދަތަށް ހިލޭ ހަމަޖެއްސުމުގެ އިތުރުން ވެސްޓަން ޔޫނިއަން ފައުންޑޭޝަނުން ނޭޕާލަށް 200000 ޑޮލަރުގެ ހިލޭ އެހީއެއް ވަނީ ދީފައެވެ.