ފާއިތުވި އެޕްރީލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 940.3 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

އެޕްރީލް މަހުގެ އާމްދަނީ ރިޕޯޓްގައިވާ ގޮތުން މިއީ ފާއިތުވި އަހަރުގެ އެޕްރީލް މަހު މީރާ އަށް ލިބިފައިވާ އާމްދަނީ އާއި އަޅާބަލާ އިރު 14.9 ޕަސެންޓްގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ނެގޭ ޖީއެސްޓީ ކުރީ އަހަރު އެޕްރީލްގައި އަށް ޕަސެންޓް ނެގި ނަމަވެސް މިއަހރު އެޕްރީލްގައި 12 ޕަސެންޓްގައި ނެގުމުވެ.

ފާއިތުވި އެޕްރީލް މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފަައި ވަނީ ޖީއެސްޓީ އިންނެވެ. އެއީ 656 މިލިއަން ރުފިޔާ އެވެ. މިއީ ލިބުނު އާމްދަނީގެ 69 ޕަސެންޓެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މީރާ އަށް 3.72 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާ އިން ބުނެ އެވެ.

މިއީ ކްއާޓާއެއްގައި މީރާ އަށް އެންމެ ގިނަ އާމްދަނީ ލިބުނު ފަހަރެވެ.