22 May 2015, 20:37
ރެއާލް މެޑްރިޑްގެ ފޯވަޑް ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށްޓަކައި ފްރާންސްގެ ޕިއެސްޖީއިން 125 މިލިއަން ޔޫރޯ ހުށަހަޅައިފިއެވެ.
ސްޕެއިންގެ މަޝްހުރު ކުޅިވަރު ނޫސް މަސާއިން ބުނެފައިވަނީ މިފަދަ ބޮޑު އަދަދެއް ޓްރާންސްފާ އަގެއްގެ ގޮތުގައި ދިނުމަށް ޕީއެސްޖިއިން ޔޫއެފާގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.
ރޮނާލްޑޯގެ ޓްރާންސްފާ އަގެއްގެ ގޮތުގައި 300 މިލިއަން ޔޫރޯ ހުށަހަޅަން ޖެހުނަސް އެއީ ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ބިލިއަނަރު ނާސިރު އަލް ޚަލަފިއަށް ބޮޑު އަދަދަކަށް ނުވާނެ ކަން ރޮނާލްޑޯވެސް އެނގޭ ކަމަށް މާސާއިން ބުންޏެވެ. ނަމަވެސް ރޮނާލްޑޯ ބޭނުން ވަނީ ރެއާލްގައި މަޑުކުރުމަށެވެ. ރެއާލްއަކީ ކްލަބުގެ ތާރިޚުގައި ގިނަ ކުޅުންތެރިންތަކެއް ރެކޯޑްތަކެއް ހަދާފައިވާ ޓީމަކަށްވުމުން ރޮނާލްޑޯވެސް ރެއާލްއާއެކު އިތުރު ރެކޯޑުތަކެއް ހަދަން ބޭނުންވެއެވެ.
އެގޮތުން ރެއާލްގެ ކުރީގެ ލެޖެންޑް ރައުލް ގޮންޒާލޭސް ހަދާފައިވާ އެންމެ ގިނަ މެޗް ކުޅެ އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލުމުގެ އަމާޒު ރޮނަލްޑޯ ގެންގުޅެއެވެ.
ރެއާލްގެ ޖޯޒީގައި 330 ލަނޑު ރައުލް ކާމިޔާބުކޮށްފައިވާއިރު ރޮނާލްޑޯ ވަނީ ރެއާލްއަށް 310 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރައުލްގެ ރެކޯޑު މުގުރާލުމަށް ރޮނާލްޑޯއަށް ދެން ބޭނުންވަނީ އެންމެ 16 ލަނޑެވެ.