28 May 2015, 11:36
ތައިލެންޑްގެ ބޯޑަރު ސަރަހައްދުން ފެނުނު ކަށްވަޅުތަކާއި މެލޭޝިއާގެ ފުލުހުންނާ ގުޅުންހުރި ކަމުގެ ތުހުމަތުގައި 12 ފުލުހަކު ހައްޔަރު ކޮށްފި އެވެ.
ބީބީސީގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގުގައި ހަތަރު ފުލުހަކު މީގެ ކުރިން މިއަހަރުގެ ކުރީކޮޅު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު އަށް ފުލުހަކު ހައްޔަރުކޮށްފައިވަނީ އިންސާނުންގެ ވަގުވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ކަމާބެހޭ މުއައްސަސާތަކުން ބުނެފައިވަނީ ތައިލެންޑްގެ ބޯޑަރު ސަރަހައްދުން 139 ކަށްވަޅު ފެނިފައިވާ ކަމަށެވެ. އަދި އެ ކަށްވަޅުތައް ފެނުނު ރޫޓަކީ ބުޑިސްޓުންގެ އަނިޔާއިން ސަލާމަތްވާން ރޮހިންގްޔާ ދަރިކޮޅުގެ މިޔަންމާއާއި ބަނގުލަދޭޝް މީހުން މެލޭޝިއާއަށް އެތެރެވާން ބޭނުންކުރި ރޫޓެއް ކަމަށް ވަނީ ބެލެވިފަ އެވެ.