31 May 2015, 15:09
އެއް ވަނަ ޑިވިޝަން އެކްސް އެލް އެނާޖީ ކްރިކެޓް މުބާރާތުގެ ފަސް ވަނަ މިނެޓްގައި އިންޑިއަން ބްލޫސްގެ މައްޗަށް ތިން ވިކެޓުން އެމްއެސް އެކެޑެމީ ކާމިޔާބު ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި ކުޅުނު މެޗްގައި ޓޮސް ދިމާވުމުން އެމްއެސް ގަސްދުކުރީ ހޮވުމަށެވެ. އިންޑިއަން ބްލޫސް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 34.3 އޯވަރުގައި ހަދާފައިވަނީ 135 ލަނޑެވެ.
އެންމެ ރަގަޅަށް ކުޅުނީ 41 ލަނޑުހެދި ޖިޖީއާއި 21 ލަނޑުހެދި ޢަބްދުﷲ ޝާހިދުއާއި ސަސާންކެވެ.
އެއިނިންގްސްގައި އެމް އެސް އަށް ޢަލީ ސުނާން ވަނީ ފަސް ވިކެޓް ނަގާފަ އެވެ. މިއީ މުބާރަތުގައި އޭނާ ފަސް ވިކެޓް ނެގި ދެ ވަނަ ފަހަރެވެ.
މިމުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެން ޓޭބަލްގެ އެންމެ ކުރީގައި އޮތީ މާލޭ ސްޕޯޓްސް އެވެ.
ދެ ވަނައިގައި އޮތީ ތިން މެޗް ކުޅެ އެއް މެޗުން މޮޅުވި އިންޑިއަން ބްލޫސް އެވެ. އެމްއެސް އެކެޑެމީވެސް ވަނީ ތިން މެޗް ކުޅެ އެއް މެޗުން މޮޅުވެފަ އެވެ. ނަމަވެސް އެޓީމަށް ތިން ވަނަ ލިބެނީ އިންޑިއަން ބްލޫސްއާ ރަންގެ ގޮތުން ދެޕޮއިންޓް ތަފާތުވުމުންނެވެ.
ހަތަރު ވަނައިގައި އޮތީ ދެ މެޗް ކުޅެ އެއް މެޗުން މޮޅުވީ ސީބީއެލް ސްޕޯޓްސް އެވެ. މިމުބާރާތުގެ ކުޅުން ކުރިއަށް ދަނީ ކޮންމެ ހަފުތާއެއްގައި ވެސް ހުކުރު ދުވަހު އެވެ. ދެން އޮންނަ މެޗްގައި ބައްދަލު ކުރާނީ ސީބީއެލްއާއި މާލޭ ސްޕޯޓްސް ކުލަބު އެވެ.