31 May 2015, 15:59
އެމެރިކާގެ ނައިބް ރައީސް ޖޯ ބައިޑަންގެ ދޮށީ ދަރިކަލުން ޖޯސެފް ރޮބިނޭޓް ބޯ ބައިޑަން ސިކުނޑި އަށް ޖެހުނު ކެންސަރުގެ އާލާސްކަންފުޅެއްގައި އިއްޔަ އަވާހަރަވެއްޖެ އެވެ.
އެމެރިކާގެ ނައިބް ރައީސްގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަވަހާރަވެފައި ވަނީ ސިކުނޑީގެ ކެންސަރު އާލާސްކަން ފުޅެއްގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށް ކަމަށެވެ.
ނަމަވެސް އޭނާ އަވަހާރަވީ ހޮސްޕިޓަލްގައި ކަމެއް ނުވަތަ ގެކޮޅުގައި ކަމެއް ނައިބު ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައެއް ނުވެ އެވެ.
"ބޯ ބައިޑަން އަކީ އެމެރިކާގައި އުފެދުނު އެންމެ އާދައިގެ އަދި އެންމެންނާ ވެސް އެންމެ ގުޅޭ ބޭފުޅާ" ނައިބު ރައީސް ޖޯ ބައިޑަން އޭނާގެ ދަރިކަލުންނާ ބެހޭ ގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ބޯ އަވަހާރަވި އިރު އޭނާގެ ޢުމުރުފުޅަކީ 46 އަހަރެވެ. ބޯ ބައިޑަން އަށް ވަނީ 2010 ވަނަ އަހަރު ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެ ފަރުވާ ހޯއްދަވާފަ އެވެ.
ސީއެންއެން އިން ބުނެފައި ވަނީ 2013 ވަނަ އަހަރު ހޯސްޓަން ސިޓީގައި ހުންނަ އެމްޑީ އެންސްޓަޑަން ކެންސަރު ސެންޓާއިން ބޯ ފަރުވާ ހޯއްދަވާފައިވާ ކަމަށެވެ.
ޤާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޯ ބައިޑަން އަކީ އެމެރިކާގެ އަސްކަރިއްޔާގެ ޑިލޭވަ އާމީ ނެޝަނަލް ގާޑްގެ އެޓާނީ ޖެނަރަލް އެވެ.