04 Jun 2015, 11:00
އާންމުކޮށް ކާއެއްޗިހީގެ ކުލަ ރީތިކޮށްލުމަށް މީހުން ކެއްކުމުގައި ބޭނުން ކުރާ ރީނދުލަކީ އޭގެން ވަރަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެގޮތުން ރީނދުލުން ލިބޭ ތަފާތު ގިނަ ފައިދާތަކުގެ ތެރެއިން ހިތުގެ ބަލީގެ މީހުންނަށް ފަރުވާއަކަށް ރީނދޫ ވެގެން ދިއުމަކީ ހާއްސަ ކަމެކެވެ. އޭގެ އިތުރުން ވެސް ހަންގަނޑު ރީތި ވުމާއި، ހަނދާން ނެތުމުގެ ބަލިން ސަލާމަތްވުމަށް ރީނދޫ ބޭނުން ކުރެވިދާނެ އެވެ.
ހަމުގެ ބަލިތަކަށް ފަރުވާއެއް
ހަމުގެ ބަލިތަކަށް ވަރުވާއެއްގެ ގޮތުން ރީނދޫ ބޭނުން ކުރެވިދާނެ އެވެ. އަދި ހަމަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް ބޭނުންވާ އެންޓި އިންފްލިމެންޓްރީގެ ގިނަ މާއްދާތަކެއް ރީނދުލުގައި އެކުލެވޭ އިރު ހަންގަނޑު އެލާޖިކް ވުމާއި، ހަމުގައި ބިހި ނެގުމާއި ރޫޖެހުން ފަދަ ކަން ކަމުން ސަލާމަތް ވުމަށް ރީނދޫ ވަރަށް މުހިންމެވެ.
ހަނދާންނެތުމުގެ ބަލިން ސަލާމަތްވުމަށް
އުމުރުން ވަކި އުމުރަކަށް ދިއުމުން ބައެއް މީހުންނަށް ޖެހޭ ބައްޔެ ކަމަށްވާ އަލްޒައިމާސް ނުވަތަ ހަނދާނެ ނެތުމުގެ ބަލި ޖެހުމުން ދިފާއުވުމަށް ރީނދޫ ކެއުމުގައި ބޭނުން ކުރުމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ވާރުތަ ކުރާ ބަައްޔެއް ކަމަށްވާ އަލްޒައިމާސް ޖެހުމުގެ ފުރުސަތު އޮތް މީހުން ޒުވާންދުވަސްވަރު ރީނދޫ ބޭނުން ކުރުމުން އޭގެ ފައިދާ ކުރާނެ އެވެ. އެގޮތުން ރިހަ ނުވަތަ ކައްކާއިރު އެހެން ގޮތަކަށް ވެސް ރީނދޫ ބޭނުން ކުރެވިދާނެ އެވެ.
ހިތުގެ ބަލީގެ ފަރުވާއަކަށް ރީނދޫ
ނާރުތައް ބެދުމުން ދިމާވާ މައްސަލަތަކުގެ ތެރެއިން ސްޓްރޯކް ޖެހުމާއި، ހިތުގެ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ރީނދޫ ބޭނުން ކުރެވިދާނެ އެވެ. އޭގެ އިތުރުން ހިތުގެ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑަށް ބޭނުންވާ ގުޑް ކޮލެސްޓްރޯލް އިތުރުކޮށް ބޭޑް ކޮލެސްޓްރޯލް މަދުކުރުމަށް ވެސް ރީނދޫ އެހީތެރިވެދެ އެވެ.
ރީނދޫ ބޭނުންކޮށްގެން ޖޫހެއް ތައްޔާރު ކުރާނެ ގޮތް

ރީނދޫ ބޭނުންކޮށްގެން ޖޫސްވެސް ތައްޔާރު ކުރެވުދާނެ --
ބޭނުންވާނެ ތަކެތި
1/8 ސައި ސަމުސާ ރީނދޫ
- އެއް އިންޗި ހުންނަ ވަރުގެ އިނގުރު މުގުރާފައި
- ދެ އާފަލު ފަޅާލުމަށް ފަހު އޮށް ނަގާފައި
- މެދު މިނުގެ ފަސް ކެރޮޓް ހިމުންކޮށް މުގުރާފައި
ކެރެޓާއި އާފަލާއި އިނގުރު ރަގަޅަށް އެއްކޮށްލާށެވެ. އަދި އެއަށް ފަހު ރީނދޫކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
މައުލޫމާތު: ހެލްތް ޑައިޖެސްޓް