ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ފޮޓޯގްރެފިކް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާނުކޮށް، ފޮޓޯ މައުރަޒު މިރޭ ހުޅުވައިފި އެވެ.

ނެޝަނަލް އާޓްގެލަރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް އެވެ.

އެ ފޮޓޯ ކޮމްޕެޓިޝަންގައި ވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކުން ނުވަތަ ހަތަރު ތީމަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެ ކެޓަގަރީތަކަކީ "ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ" އާއި "ތިމާވެއްޓަށް ކުރަމުންދާ އަސަރު" އާއި "އާދަކާދައިގެ ތެރެއިން ދިރޭތަކެތި"ގެ އިތުރުން "ތިމާވެއްޓާއި އިންސާނާ" އެވެ.

ޖޫން 5، 2015: ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރަމަންޓް މިނިސްޓްރީއާ ފޮޓޯގްރާފާސް އެސޯސިއޭޝަން ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

އެގޮތުން "ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ސަރާހް މުހައްމަދު އެވެ. "ތިމާވެއްޓަށް ކުރަމުންދާ އަސަރު" ކެޓަގަރީ އިން އިބްރާހިމް ފާއިޒް އެއްވަނަ ހޯދާފައިވާ އިރު "އާދަކާދައިގެ ތެރެއިން ދިރޭތަކެތި" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ހުސައިން ނިޔާޒް އެވެ. އަދި "ތިމާވެއްޓާއި އިންސާނާ" ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ މުހައްމަދު ޔާސިފް އެވެ.

ޖޫން 5، 2015: ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރަމަންޓް މިނިސްޓްރީއާ ފޮޓޯގްރާފާސް އެސޯސިއޭޝަން ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ވެސް ގިނަ ބައިވެރިން ރާއްޖޭގެ ތިމާވެށި ދައްކުވައިދޭ ވަރަށް ފުރިހަމަ ފޮޓޯތައް ހުށަހަޅާފައިވާ ކަމަށެވެ.

ޖޫން 5، 2015: ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރަމަންޓް މިނިސްޓްރީއާ ފޮޓޯގްރާފާސް އެސޯސިއޭޝަން ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ޒާހިރު ވިދާޅުވީ، ފޮޓޯގްރަފީ އަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް ފަސޭހަކަމާ އެކު ކުރެވިދާނެ މަސައްކަތެއް ކަމަށާއި އެ ފުރުސަތު ރާއްޖޭގައި އެބައޮތް ކަމަށެވެ. އެގޮތުން އެކި ފެންވަރުގެ ކެމެރާތަކާއި ލެންސުތައް މިހާރު ދިވެހިންގެ އަތްމައްޗަށް އައިސްފައިވާ ކަމަށާއި އެކަމުގައި މިހާރު ކުރިއަރައި ދެވިދާނެ ކަމަށެވެ. އެހެންކަމުން ފޮޓޯގްރަފީގެ ދާއިރާއިން ބާއްވާ އެފަދަ ޗެލެންޖްތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ޒާހިރު އެދިލެއްވި އެވެ.

ފޮޓޯ މައުރަޒު ހުޅުވާފައި ހުންނާނީ މާދަމާރޭގެ ނިޔަލަށެވެ.