ޖުވެނައިލް ކޯޓުގެ ގާޒީންގެ އާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ފަށައިފި އެވެ.

ޖުވެނައިލް ކޯޓުގެ ރިސެސް ފަށާފައި ވަނީ އިއްޔެ އެވެ. ރިސެސްގެ މުއްދަތު ހަމަވާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ދަށުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމާއި، ޝަރީއަތްތަކާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

އެގޮތުން، މައްސަލަތައް ބަލައިގަތުމާއި ރިޕޯޓު ދޫކުރުމާއި ޝަރީއަތްތަކާ ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.