ހުޅުމާލޭ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ހާލު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ އަނބިކަނބަލުން މިއަދު ހުޅުމާލޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ހާލު ބައްލަވައިލެއްވި އެވެ. އަދި އެމީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވި އެވެ.

ރައީސްގެ އަނބިކަނބަލުން ހުޅުމާލޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ ކިޔުންތެރިއެއް

މީގެއިތުރުން އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް އެންމެ ރަނގަޅަށް ބަލި މީހުންނަށް ލިބެމުން ގެންދޭތޯ އާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ބެހޭ މައުލޫމާތު ހޯއްދެވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ރައީސްގެ އަނބިކަނބަލުން ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ ކިޔުންތެރިއެއް

ރައީސްގެ އަނބިކަނބަލުން މީގެކުރިން ވަނީ އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ބަލި މީހުންގެ ހާލުބައްލަވައިލައްވައިފައެވެ.