ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ޕްލެޓިނަމް ފްލެޓް ކައިރި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ މިއަދު އިރުއޮއްސުނު ގަޑީގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި ފަރުވާދިނުމަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމަށް އަދި ސާފުނުވާކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ފޯނަށް ޖަވާބު ނުދެއްވާތީ ލިބުނު ގެއްލުން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.