14 Jun 2015, 11:47
މެލޭޝިއާ ލީގްގެ ޓީ ޓީމަށް ކުޅެމުންދިޔަ ނައިޖީރިއާގެ ޑިފެންޑަރެއް ކަމުގައިވާ ޑޭވިޑް ފާމޯލާ އޮނިޔާ ދަނޑުމަތީގައި ކުޅެމުންދަނިކޮށް މަރުވެއްޖެއެވެ.
ޓީ ޓީމާއި ކެލަންޓަން ރޭ ބައްދަލު ކުރި އެކުވެރިކަމުގެ މެޗްގެ ތެރެއިން އޮނިޔާ މަރުވީ މެޗް ފެށިގެން ތިން ވަނަ މިނެޓް ތެރޭގައި ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓުމުންނެވެ.
ޓީ ޓީމްގެ ޗީފް އެގްޒެކެޓިވް މޮހްދު ޒައިން ވިދާޅުވީ އޮނިޔާއަށް ފަރުވާ ލިބެންފެށީވެސް ލަހުން ކަމަށެވެ.

ޑޭވިޑް އޮނިޔާ ދަނޑުމައްޗަށް ވެއްޓުމުން އެމްބިއުލައިސްގައި ހޮސްޕިޓަލަށް ގެންދަން ތައްޔާރު ވަނީ ---
ޒައިން ވިދާޅުވީ ޓީމްގެ ކެޕްޓަންކަންވެސް ކުރަމުންދާ އޮނިޔާއަށް ކުޑަ ވަގުތު ކޮޅަކަށް އޮކްސިޖަން ލިބުނު ކަމަށެވެ.
ޒައިން ވިދާލުވީ މެޗް ހުއްޓަލީވެސް 60 މިނެޓް ކުޅުނު ފަހުން ކަމަށާއި އޮނިޔާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ރިޕޯޓް ކުރީ ގެންދިޔަތާ 30 މިނެޓް ފަހުން ކަމަށެވެ.
އޮނިޔާއަކީ މިސީޒަންގައި ޓީ ޓީމާ ގުޅުނު ކުޅުންތެރިޔެކެވެ. އޭގެ ކުރިން އޭނާ ވަނީ އުޒުބުކިސްތާނާއި އަޒަރުބައިޖާންގައި ކުޅެފައެވެ.