މިދިޔަ މާޗް މަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ހުކުމް އިއްވުން އަންނަ އޯގަސްޓު މަހުގެ ހަ ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ކުރިން އެ މައްސަލައިގެ ހުކުމް އިއްވަން ތަވާލްކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ސުޖާއު އުސްމާން ހައިކޯޓަށް ބަދަލުކުރުމާ ގުޅިގެން އިއްޔެ ވަނީ ހުކުމް އިއްވުން އޯގަސްޓު މަހުގެ ހަވަނަ ދުވަހަށް ފަސްކޮށްފައެވެ.

ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި 10 ހެކިންނާއި، ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ދެ ހެކިންގެ ހެކިބަސްވެސް ވަނީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ނަގާފައެވެ.

ޝަރީއަތަށްފަހު ދައުވާ ލިބޭ ބައެއް މީހުން އެމީހުންގެ ގާނޫނީ ވަކީލުންނާ އެކު މިއަދު ކޯޓު ބޭރުގައި ފޮޓޯއަކަށް ހުއްޓި ---- ފޮޓޯ: ޓްވިޓަރ

ދައުވާ ލިބޭ 15 މީހުންގެ ތެރެއިން ކޯޓަށް ހާޒިރުކުރެވިފައި ނިވަނީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އެކަންޏެވެ.

ޝަރީއަތަށް ހާޒިރުވި މީހުންނަކީ:

1. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު

2. ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ

3. މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު

4. ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު

5. މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު

6. ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު

7. ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ

8. މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު

9. ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު

10. މ. ތަންތާރަ، އާމިނަތު ޒިމްނާ

11. ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ

12. ގ. ދުވާފަރު، އާއިޝަތު މަމްދޫހާ

13. މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު

14. މ. ފެހިފަތް، ޔުމްނާ

އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާތީ އެވެ.

އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.