05 Jul 2015, 19:31
ޕާކް ކޮށްފައި ހުރި ސައިކަލެއް، ދުއްވާފައިދިޔަ ވޭނެއްގެ ދަށުވެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު 5:00 ކަންހާއިރު ޖަސްޓިސް ބިލްޑިން ކައިރި ޕާކްކޮށްފައި ހުރި ސައިކަލެއް ވޭނެއް ދަށުވެ ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
"އެ އެކްސިޑެންޓު ހިނގާފައިވަނީ ވޭން އެތަނަށް ހުއްޓަން އުޅުމުގެ ތެރެއިން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެއެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެއެކްސިޑެންޓުގައި ރީފް ސައިޑުގެ ވޭނުގެ ދަށުވެ ހަލާކުވެފައިވަނީ ފިނޯ މޮޑެލް ސައިކަލެކެވެ. އެއެކްސިޑެންޓުގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.