މާލޭގެ ގެސްޓުހައުސްއެއްގެ ތެރޭގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށްވިދާޅުވީ މ. ހުދުފަސް ގޭގައި ހިންގާ ގެސްޓުހައުސްއެއްގެ ގުރައުންޑް ފުލޯގެ ރޫމެއްގައި މީހަކު ދަންޖެހިފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:00ގައި ކަމަށެވެ.

ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ އުމުރުން 49ގެ ފިރިހެނެކެވެ. ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފެނުނު އިރު ވެސް ވަނީ މަރުވެފަ އެވެ.

އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.