ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްއާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އިކާ ކަަސިއަސްއަށް ސްޕެއިންގައި ދޭ އެންމެ ޝަރަފުވެރި ކުޅިވަރު އެވޯޑް 'ގްރޭންޑް ކްރޮސް ފޮރ ސްޕޯޓިން މެރިޓް' އެވޯޑް ދިނުމަށް ސްޕެއިންގެ ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ސްޕެއިންގެ ވަޒިރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ އެގައުމުގެ އެޑިއުކޭޝަން ކަލްޗަރ އެންޑް ސްޕޯޓްސް މިނިސްޓަރު އިނީގޯ މެންޑޭސް ޑެވީގޯ ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ޕްރޕޯސަލްއަށް ކެބިނެޓްގެ ރުހުން ލިބިފައިވާތީ އެވެ.

ކެބިނެޓްގެ ނިންމުން އިއުލާން ކުރައްވަމުން ސްޕެއިންގެ ޑެޕިއުޓީ ޕްރައިމިނިސްޓާ ސޮރާޔާ ސައިންޒް ޑިސެންޓިމަރިއާ ވިދާޅުވީ ކަސިއަސްއާއި ޒަވީގެ ސީވީ އެންމެނަށް އެނގޭ ކަމަށާއި އެދެކުޅުންތެރިންނަކީ ކުޅިވަރުގައި ފާހަގަ ކުރެވޭ ކުޅުންތެރިންކަށެވެ. އަދި މީގެ އިތުރުން ފިސިކަލް އެޑިއުކޭޝަން ކިޔަވައިދިނުމަށް ބާރުއަޅައި އެދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ދެ ބޭފުޅުން ކަމަށެވެ.

ޒަވީއާއި ކަސިއަސް ވަނީ މީގެ ކުރިން ސްޕެއިންގެ ޝަހީ އާއިލާއިން ދޭ ޝަރަފުވެރި އެވޯޑްކަމަށްވާ ޕްރިންސް އޮސްޓްރިއަސް އެވޯޑް ލިބިފަ އެވެ.

ޒަވީއާއި ކަސިއަސްއަކީ 2010 ވަނަ އަހަރު ވޯލްޑްކަޕް ސްޕެއިންއަށް ހޯދައި ދިނުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންނެވެ.

ގްރޭންޑް ކްރޮސް އެވޯޑަކީ ސްޕެއިންގައި ދެވޭ އެންމެ ޝަރަފުވެރި އައްޑަނަ އެވެ.