28 Jul 2015, 13:35
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށެވެ.
ނަމަވެސް އެމީހާ މަރުވާން ދިމާވީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ޖަރުމަނު މީހެއް ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރުު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.