ފުލުހުންގެ އޮފިޝަލުންނަށް މިނިވަން 50 އާ ގުޅިގެން ދިނުމަށް ހަމަޖައްސާފައިވާ މިނިވަން 50ގެ މެޑަލް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ހަދިޔާކުރައްވައިފި އެވެ.

ފުލުހުންގެ އޮފިޝަލުންނަށްދޭ މިނިވަން 50ގެ މެޑަލް އުއްތަމަ ފަނޑިޔާރަށް އެރުވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު އެވެ.

މިނިވަން 50ގެ މެޑަލް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ހަދިޔާކުރައްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- ޑީޖޭއޭ

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިވަން 50ގެ މެޑަލް ލިބިގެންދާނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށް ފުލުހުންގެ ވަޒީފާގައި ދެމިތިބި ފުލުހުންނަށެވެ. އަދި މިނިވަން 50ގެ މެޑަލްގެ ނަމުގައި ފުލުހުންނަށް މެޑައްޔެއް ދޭން ނިންމީ ފުލުހުންގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނެވެ.

އެ މެޑައްޔަކީ ފުލުހުންގެ ވަޒީފާގައި ތިބި ފުލުހުންނަށް ގައުމީ ފެންވަރުގައި ދޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތައާރަފްކޮށްފައިވާ މެޑައްޔެކެވެ.