08 Aug 2015, 13:50
ލ. ފޮނަދޫގައި އުމުރުން ދުވަސްވީ މީހަކު ގެއެއްގެ ފުރާޅުމަތިން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ސަންގެ ކަރެސްޕޮންޑެންޓް ޢަލީ ވާފިރު ބުނީ ފުރާޅެއްގެ މަތިން ވެއްޓުނު މީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަން ގަމު ހޮސްޕިޓަލުގެ ޑޮކްޓަރުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
" އެއީ އުމުރުން 60 އަހަރުން މަތިވެފައިވާ ފިރިހެނެއް. މިއަދު ހެނދުނު އޭނާ ގޭގެ ފުރާޅަށް އަރައި ހުއްޓައި ކައްސާލައިގެން ވެއްޓުނީ. ގަމު ހޮސްޕިޓަލުގެ ޑޮކްޓަރުން ބެލި ބެލުމުން އެނގުނީ އޭނާގެ ބޮލަށް، ސިކުނޑިއަށް ގެއްލުން ވެފައިވާކަން. އޭނާގެ ހާލަތު ނާޒުކު ކަމުން މިހާރު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އިމަޖެންސީކޮށް މާލެއަށް ފޮނުވާލާފައި،" ވާފިރު ބުންޏެވެ.
ފޮނަދޫގައި ފުރާޅުން ވެއްޓި ޒަހަމްވީ ކޮންރަށެއްގެ ކާކުކަން ސަން އަށް އަދި ވަނީ ނޭނގިއެވެ.