13 Aug 2015, 15:30
ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ހުޅުމާލެ އިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ، މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރެއިޑުން ގަވައިދާ ހިލާފަށް އުޅޭ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން 12 މީހުންނަކީ ފިހާރަ ފަދަ ތަންތަނުގައި ސޭޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން ކަމަށެވެ. އަދި ވެސް ހުޅުމާލޭގައި ރެއިޑް ކުރިއަށް ގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

މާލޭގައި ހިންގާ ވަގުތީ ބާޒާރެއްގައި ވިޔަފާރިކުރާ ފަރާތެއް އިމިގްރޭޝަނުގެ އޮފިޝަލުން ޗެކް ކުރަނި --- ފޮޓޯ: އިމިގްރޭޝަން
"މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު ފަހު 12:15 އަށް މެދުކަނޑާލީ، އަދި ވެސް ކުރިއަށްދާ ގޮތަށް އޮތީ ފަހަރުގައި." ހަލީލް ވިދާޅުވި އެވެ.
ބިދޭސީ ސޭޓުންގެ ގޮތުގައި އިމިގުރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމުލަ 36 ބިދޭސީން އެބަތިއްބެވެ. އެ އެންމެން ވެސް ފޮނުވާލަން ވަނީ ނިންމާފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލުމަށް އިމިގުރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން މިވަގުތު ޖުމްލަ 169 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ހަލީލް ވިދާޅުވި އެވެ.