ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް 10000 ރުފިޔާ ލިބޭ މަސް ރޭހެއް ތ. ވޭމަންޑޫގައި ފަށައިފިއެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ ވޭމަންޑޫ ފުލުހުންނާއި އެރަށު ކައުންސިލް އާއި ޒުވާނުން ގުޅިގެން ޒުވާނުންގެ ދުވަސް ފާހަގަ ކުރަން މިއަދު 1:00 އިން މިރޭ 9:00 އަކަށް މަސްރޭހެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

މަސް ރޭހަށް ދޯނިތައް މަހަށް ފުރަނީ-- ސަން ފޮޓޯ"މިމުބާރާތުގައި ސަރުކާރުން މަނާކޮށްފައިވާ މަހެއް ގެ ބާވަތެއް ބާނައިފި ނަމަ އެ ދޯންޏެއް ޑިސްކޮލިފައި ކުރެވޭނެ." މުފީދު ވިދާޅުވިއެވެ.

އެ މަސްރޭހުގައި 10 ދޯނީގައި 95 މީހުން ބައިވެރިވާއިރު މަގުސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން ގާއިމް ކުރުން ކަމަށެވެ.