އެޕަލްއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނު 6 އެސް އަކީ ފިޔާތޮށި ކުލައިގެ ފޯނެއް ކަމަށް ބުނާ ފޮޓޯތަކެއް ލީކުވެއްޖެ އެވެ.

އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނާ ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅާ ދިމާކޮށް އެ ފޮޓޯތައް ލީކު ކޮށްލާފައި ވަނީ ޗައިނާގެ ވެބްސައިޓަކުންނެވެ. ވަރަށް ކައިރިން ނަގާފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުން ފޯނުލާފައި އޮންނަ ފޮށީގެ ބޭރު ވެސް ހުރީ ފިޔާތޮށި ކުލައިގަ އެވެ.

އެޕަލްއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނު 6S ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯއެއް --- ފޮޓޯ: ޓެލެގްރާފްޑޮޓްޔޫކޭ

އެ ފޮޓޯތަކުގެ ހަގީގަތެއް ބުނެދޭކަށް ނޭނގެ އެވެ. އައިފޯނުގެ ދެން ނުކުންނަ ޖެނެރޭޝަނެއްގެ ކުލައަކީ "ރޯސް ގޯލްޑް" ކަމަށް ބައެއް ފަރާތްތަކުން މީގެ ކުރިން ބުނެފައިވާތީ އެ ފޮޓޯތަކުން ފެންނަނީ އަސްލެއް ކަމަށް ވެސް ބެލެވިދާނެ އެވެ.

އެޕަލްއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނު 6 އެސް ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯއެއް --- ފޮޓޯ: ޓެލެގްރާފްޑޮޓްޔޫކޭ

އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް މީގެ ކުރިން ވިދާޅުވެފައި ވަނީ އައިފޯނުގެ ދެން ނިކުންނަ އެޑިޝަނެއްގެ ކުލަ ޚާއްސަ ކުރެވޭނީ ވަކި ގައުމެއްގައި އައިފޯނަށް ލޯބިކުރާ ބަޔަކަށް ކަމަށެވެ. އަދި މީގެ ކުރިން 2013 ވަނަ އަހަރު ނެރުނު "އައިފޯނު ގޯލްޑް" ޚާއްސަ ކުރެވުނީ ޗައިނާގައި ތިބި އައިފޯނަށް ލޯބި ކުރާ މީހުންނަށް ކަމަށް ވެސް ޓިމް ވަނީ ވިދާޅުވެފަ އެވެ.

އެޕަލްއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނު 6އެސް ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯއެއް --- ފޮޓޯ: ޓެލެގްރާފްޑޮޓްޔޫކޭ

އެޕަލްއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނު 6 އެސް ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯއެއް --- ފޮޓޯ: ޓެލެގްރާފްޑޮޓްޔޫކޭ

އައިފޯނުގެ އާ އެޑިޝަނާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު ގިނަ ބަޔަކު ބުނަނީ އައިފޯނުގެ އާ އެޑިޝަން ނިކުންނާނި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އަލަށް ނިކުންނަ ފޯނުގައިވެސް އައިފޯނު ސިކްސް އާ މާބޮޑު ތަފާތެއް ނުހުއްނާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.