31 Aug 2015, 18:45
ސްމާޓް ސޮލިއުޝަން މެދުވެރިކޮށް މީހުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ބޭނުމުގައި އުރީދޫއިން ރާއްޖެއަށް "ސްމާޓް ސިޓީ" ތައާރަފުކޮށްފި އެވެ.
ސްމާޓް ސިޓީއަކީ މޮބައިލް އަދި ދަތުރުފަތުރުގެ ނިޒާމުގައި ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުމުގައި އިންފްރާސްޓްރަކްޗާގެ ނިޒާމުގައި އަދި އިދާރީ ހިންގުންތަކުގައި އަދި ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމުގައި އިންފޯމޭޝަން ޓެކްނޮލޮޖީ ބޭނުންކުރަމުންގެންދާ ސަރަހައްދުތަކެވެ.
އުރީދޫ ސްމާޓްސިޓީ ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ސްމާޓްސިޓީ ލޯންޗް ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަސައްވުރު ތައާރަފުކޮށް ދެއްވީ ނައިބު ރައީސް އަހުމަދު އަދީބާއި އުރީދޫގެ ޗެއާމަން ޚާލިދު އަލް މަހުމޫދު އާއި ސީއީއޯ ވިކްރަމް ސިންހަ އެވެ. ސްމާޓް ސިޓީގެ ތަސައްވުރު މިއަދު ތައާރަފްކުރުމާއެކީ ސްމާޓް ސޮލިއުޝަން މެދުވެރިކޮށް މުޅި ދިވެހިރާއްޖެ ގުޅުވާލައިދީގެން ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫ ސްމާޓްސިޓީ ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ސްމާޓް ސިޓީ ތައާރަފުކުރުމުގެ ގޮތުން މިއަދު އުރީދޫ އިން ވަނީ މާލޭގެ އާންމު ހިސާބުތަކުގައި "އުރީދޫ ވައިފައި ހޭންގްއައުޓް އޭރިއާ" ގެ ހިދުމަތް ދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތައް، ފެރީ ޓާމިނަލްތައް، ޔޫތު ސެންޓަރު އަދި މަޝްހޫރު ކެފޭތައް ހިމެނެ އެވެ. އޭގެ އިތުރުން "ފްރީ ވައިފައި ސާވިސް"ގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ކޮންމެ ދުވަހަކު އެފަދަ އޭރިއާތަކުގައި 50 އެމްބީގެ ހިލޭ ޑޭޓާ ބޭނުންކުރެވޭނެ އެވެ.
އޭގެ އިތުރުން އުރީދޫއިން މިހާރުވެސް ދަނީ ސްމާޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކިޔަވާކުދިންގެ އިންޓަރެކްޓިވް ލާނިން އެކްސްޕީރިއަންސް އިތުރު ކުރުމުގެ ގޮތުން އިސްކަންދަރު ސްކޫލްގައި ޓެލެސެންޓާއެއް ގާއިމްކޮށް، އިލްމު އުނގެނުމަށް ބޭނުންކުރާ ތަފާތު ވެބްސައިޓްތައް މުޅިން ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިދީފަ އެވެ.
އުރީދޫ ސްމާޓްސިޓީ ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ، ދިވެހިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މުވާސަލާތީ ގުޅުން ތަރައްގީ ކުރުމުގައި އުރީދޫއިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އެހެންކަމުން ސްމާޓް ސިޓީގެ ތަސައްވުރު ދިވެހިރާއްޖެއަށް ތައާރަފްކުރުމުގައި އުރީދޫ އިން ދެއްވާ އެއްބާރުލުމަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ. ނައިބުރައީސް އަދީބު ވިދާޅުވީ ސްމާޓް ޓެކްނޮލޮޖީތަކާއި ސްމާޓް ޓެކްނޮލޮޖީތަކާއި ދިވެހި ރައްޔިތުން ގުޅުވާލަދިނުމުން މުޖުތަމައުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ހައްލު ލިބިގެން ދިއުމާއެކު ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ.
އުރީދޫ ސްމާޓްސިޓީ ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އުރީދޫގެ ޗެއާމަން ޚާލިދު އަލް މަހުމޫދު ވިދާޅުވީ، އުރީދޫ އިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ސްމާޓް ސޮލިއުޝަންތައް އަދި ނެޓްވޯކްތައް ބިނާކޮށް އެ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަން ފެށުމުގައި އިސް ދައުރެއް އަދާކޮށްފައި ކަމަށެވެ. އަލަށް ތައާރަފްކުރަމުންދާ ސްމާޓް ސިޓީ ޓްކްނޮލޮޖީތަކަކީ އިންސާނުންގެ ހަޔާތަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ވަސީލަތެއްކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫ ސްމާޓްސިޓީ ލޯންޗް ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އުރީދޫ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ސްމާޓް ސްކޫލް، ސްމާޓް ހޯމްސް، ސްމާޓް އޮފީސް އަދި ސްމާޓް ސާވެލަންސް ސިސްޓަމްތަކާ އުރީދޫ ކަސްޓަމަރުން ގުޅުވާލަދޭނެ ތަފާތު ސްމާޓް ސޮލިއުޝަންތަކެއް ދައްކާލާފަ އެވެ.