ދުނިޔޭގެ މައްޝޫރު ކުންފުނި ގޫގުލް އިން އެ ކުންފުނީގެ ލޯގޯ އަށް އެތައް އަހަރެއް ފަހުން ކުޑަ ބަދަލެއް ގެނެސްފިއެވެ.

މިހާރު ގޫގުލް އިން ބޭނުންކުރާ އަކުރުތައް ވަނީ ކުރިއަށްވުރެ ސީދާކޮށް 'ސްމޫތް' ކޮށްނެވެ.

އާ ގޫގުލް ލޯގޯގެ އަކުރުތައް ފެންނަނީ ކުރިއަށްވުރެ ވަށް ކޮށްނެވެ. އަދި ފެށޭ G އަކުރުގައި ގޫގުލްގެ ހަތަރު ކުލަ ހިމަނެއެވެ.

ގޫގުލް އިން ބުނީ އެ ބަދަލުގެނެސްފައި ވަނީ ކޮމްޕިއުޓަރުން އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި އެކި ޑިވައިސްތަކުން އިންޓަނެޓް ބޭނުންކުރުން އިތުރުވެފައިވާތީ ކަމަށެވެ.

އެކި ޑިވައިސްތަކުން ގޫގުލް ލޯގޯ ކުރިއަށްވުރެ ފުރިހަމައަށް ފެންނާނެ ކުންފުނިން ބުންޏެވެ.

އެންމެފަހުން ގޫގުލްގެ ލޯގޯ އަށް ބަދަލެއް ގެނެސްފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ޓެކްނޮލަޖީއާ ބެހޭ ތަޖުރިބާކާރުން ބުނަނީ ގޫގުލް އިން ގެނައި ބަދަލަކީ ރަނގަޅު ބަދަލެއް ކަަމަށެވެ.