މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހަތަރު ހެއްކެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު އާއި ހަމައެރަށު އިރުވައި އަހްމަދު އުނައިސްގެ އިތުރުން ގ. ފްރެސްލައިޓް އިބްރާހީމް އިބާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

ކާކުކަން ނޭނގޭ ގޮތަށް މިއަދު ހެކިބަސްދިން ފުރަތަމަ މީހާ ބުނީ އޭނާ ޗާންދަނީ މަގު އެވިންސް ފިހާރަ ކައިރީ ހުއްޓައި އެ ފިހާރައާ ދިމާލަށް ބަނޑުވަތަށް ބިންމައްޗަށް ވެއްޓިފައި އޮތް މީހަކަށް މުޒާހަރާގެ ބައިވެރިން ހަމަލާދިން މަންޒަރު އޭނައަށް ފެނުނު ކަމަށެވެ.

އެގޮތުން ދައުވާ ލިބޭ އިބްރާހީމް އިބާދު ފުލުސް މީހާގެ އަތުގައި އޮތް މުގުރު އަތުލުމަށްފަހު އެތައް ފަހަރު އެ މުގުރުން ފުލުސް މީހާގެ ގައިގައި ޖެހި ކަމަށް ހެކިބަސްދިން މީހާ ބުންޏެވެ.

ދައުވާ ލިބޭ އިބްރާހީމް އިބާދު ފުލުސް މީހާގެ ގައިގައި މުގުރު ބުރިން ޖާހާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ---- ސަން ފައިލް ފޮޓޯ

އަދި މަގުމަތީގައި ބަހައްޓާފައި ހުންނަ ކޯނަކުން އިބްރާހީމް ރަޝީދު ދެ ފަހަރު ފުލުސް މީހާގެ ގައިގައި ޖެހި މަންޒަރު ފެނުނު ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

ދިފާއީ ވަކީލު އަހްމަދު ނާޒިމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވެސް ހެކިވެރިޔާ ވަނީ އޭނާއަށް މަންޒަރު ފެނުނުގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.

"އަޅުގަނޑު އެވަގުތު ހުރި ދިމާލާ ފުލުސް މީހާއަށް ހަމަލާދިން ދިމާލާ ދެމެދު 10 ވަރަކަށް ފޫޓު ވެސް ނުހުންނާނެ. އެވަގުތު އެ ސަރަހައްދުގެ ފިހާރަތައް ދިއްލާފައި ހުރީ. އެހެންވީމަ ރަނގަޅަށް މަންޒަރު ފެންނަ ވަރަށް އަލިކޮށް އޮތީ،" ހެކިބަސް ދިން ފުރަތަމަ މީހާ ބުންޏެވެ.

ދެވަނައަށް ހެކިބަސްދިން މީހާ ބުނީ އޭނާ އެވިންސް ފިހާރަ ކައިރީ ހުއްޓައި ދަނޑިބުރިއެއް ކަހަލަ ބަރު އެއްޗަކުން އިބާދު ފުލުސް މީހާއަށް ހަމަލާދެނިކޮށް އޭނާއަށް ފެނުނު ކަމަށެވެ.

އިބާދުގެ މައްޗަށް ދައުވާ އުފުލީ ފުލުސް މީހާގެ އަތުގައި އޮތް މުގުރު ނަގައި އެ މުގުރުން ފުލުސް މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކޮށެވެ.

ތިން ވަނައަށް ހެކިބަސްދިން މީހާ ބުނީ ދައުވާ ލިބޭ އިބްރާހީމް ރަޝީދު ބިންމަތީގައި އޮތް ކޯނަކުން ފުލުސް މީހާގެ ބޮލުގައި ޖެހި މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ހަމަލާއިން ފުލުސް މީހާ ސަލާމަތް ކުރަން ބަޔަކު އުޅުމުގެ ތެރޭގައި ދައުވާ ލިބޭ އަހްމަދު އުނައިސް ފުލުސް މީހާގެ ބުރަކަށީގައި ޖަހަން އުޅެނިކޮށް އޭނާއަށް ފެނުނު ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

ދައުވާ ލިބޭ އިބްރާހީމް ރަޝީދު މީގެކުރުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށްފަހު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފައިލް ފޮޓޯ

"ޖަހަން އުޅެނިކޮށް އަޅުގަނޑު ދުށިން. ޖެހިތަނެއް ނުދެކެން،" ހެކިބަސްދިން މީހާ ބުންޏެވެ.

އެންމެ ފަހުން ހެކިބަސް ދިން މީހާ ފުރަތަމަ ބުނީ އަރަބިއްޔާ ސްކޫލް ކައިރީ އޭނާ ހުއްޓައި ބަޔަކު ހަލޭލެއްވި އަޑުއިވިގެން ބެލިއިރު، ކަލާފާނު ސްކޫލް ކައިރިން ފުލުސް މީހާ ސަލާމަތް ކުރަން ބަޔަކު އުޅެނިކޮށް އަހްމަދު އުނައިސް ހޫރާލި ހެލްމެޓުން ފުލުސް މީހާގެ ގައިގައި ޖެހުނު ކަމަށެވެ.

ދިފާއީ ވަކީލު އަހްމަދު ނާޒިމް ތަކުރާރުކޮށް ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ޗާންދަނީ މަގުގައި ހުންނަނީ ދެ ސްކޫލް ކަމަށާއި ފުލުސް މީހާއަށް ހަމަލާދިނީ އިސްކަންދަރު ސްކޫލް ކައިރިން ކަމަށެވެ. އަދި ކުރިން ކަލާފާނު ސްކޫލޭ ދެންނެވުނީ އޮޅުމަކުން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ދައުވާ ލިބޭ އުނައިސް މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށްފަހު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފައިލް ފޮޓޯ

"ބޭފުޅާ އަޅުގަނޑަށް އޮޅުނީ. އިސްކަންދަރު ސްކޫލް ކައިރި،" ހެކިވެރިޔާ ބުންޏެވެ.

ަޗާންދަނީ މަގުގައި ހުންނަނީ ހަމައެކަނި ދެ ސްކޫލް ކަމަށް ހެކިވެރިޔާ ބުނުމުން ވަކީލު ނާޒިމް ވިދާޅުވީ ޗާންދަނީ މަގުގައި ހުންނަނީ ތިން ސްކޫލް ކަމަށާއި އެއީ އަރަބިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލް ކަމަށެވެ.

ހެކިވެރިޔާ ބުނީ ހެކިބަސްދޭ މީހާއަށް އޮޅުވާލުމަށްޓަކައި ދިފާއީ ވަކީލު މަސައްކަތް ކުރައްވާ ކަމަށާއި އެއީވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އޭގެޖަވާބުގައި ވަކީލު ނާޒިމް ވިދާޅުވީ އޭނާ ކުރި ސުވާލުތަކަކީ ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ކަންކަން އިތުރަށް ސާފުކުރުމުގެ ގޮތުން ކުރި ސުވާލުތަކެއް ކަމަށެވެ.

އެ ތިން މީހުންނާ ދެކޮޅަށް ޖުމްލަ 13 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފައެވެ. އެ ހުރިހާ ހެކީން ވެސް ވަނީ ސިއް