މިވެނި ކްރީމެއް އުނގުޅުމުން ވަރަށް ދޮންވާ ކަމަށް ބުނާ ކްރީމްތައް ޕްރޮމޯޓްކޮށް އިޝްތިހާރުތަށް ކުޅުމަށް ބޮލީވުޑްގެ މަޝްހޫރުތަރި ކަންގަނާ ރައުތު ދެކޮޅު ހަދައިފި އެވެ.

ދޮންވުމަށް ހާއްސަ ކްރީމްތައް އުފައްދަނީ ހާއްސަކޮށް އިންޑިއާގަ އެވެ. އަދި އޭގެ ކްރީމް އެންމެ ގިނައީ އޭޝީއާގެ ބާޒާރުގަ އެވެ. ދޮންވާނެ ކަމަށް ބުނެ ބާޒާރަށް ނެރޭ ކްރީމް ތަކުގެ ތެރޭގައި ޕޮންޑްސް ވައިޓް ބިއުޓީ އާއި ނިއުޓްރޯޖީނާ ފައިން ފެއާނެސް އާއި ގާނިއާ ލައިޓް މޭޓްގެ އިތުރުން ގާނިއާ މެން ޕަވަރ ލައިޓްވެސް ހިމެނެ އެވެ.

ދޮންވާ ކަމަށް ބުނާ ކްރީމް އިޝްތިހާރު ކުރުމަށް ބޮލީވުޑްގެ އެންމެ މޮޅު އެކްޓްރެސްގެ އެވާޑްވެސް ހާސިލްކޮށްފައިވާ ކަންގަނާއަށް ހުށަހެޅި 500،000 ޑޮލަރުގު ހުށަހެޅުމަކަށް އިންކާރު ކުރުމަށް ފަހު މީޑިއާ އާއި ވާހަކަދައްކަމުން އޭނާ ބުނީ އޭނާގެ ދައްތައަކީ ކަޅު އެކަމަކު ރީތި މީހެއް ކަމަށެވެ. އަދި ދޮންވާ ކަމަށް ބުނެ ކްރީމް އިޝްތިހާރަކުން އޭނާ ފެނުން ވެގެންދާނީ އޭނާގެ ދައްތައަށް ކުރެވޭ ބޭއިންސާފަކަށް ކަމަށެވެ. ކަންގަނާގެ ދައްތަ އެކަނި ނޫނަސް ދުނިޔޭގެ ކަޅު މީހުންނަށް މަލާމާތް ކުރުމަށް އެކަން ކުރަން އޭނާ ބޭނުން ނުވާ ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

"ސެލްބްރިޓީއެއްގެ ގޮތުގައި ހުރެގެން ޒުވާނުންނަށް އަހަރެން ދައްކަންވީ ކޮން މިސާލެއް ތޯ؟ މި ހުށަހެޅުމާއި ދެކޮޅު ހަދަން ޖެހޭތީ އަހަރެން ފަހަރެއްގައިވެސް ދެރައެއް ނުވޭ، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެންގެ ވެސް ޒިންމާތަކެއްވޭ،" ކަންގަނާ ބުންޏެވެ.

ދޮންވާ ކްރީމް ތަކުގެ އިޝްތިހާރުތަކުގައި ބޮލީވުޑްގެ ގިނަ ތަރިން ހަރަކާތްތެރިވީ ނަމަވެސް އެކަމުގެ ފާޑުކިއުން ދަނީ އެތަރިންނަށް އަމާޒުވަމުންނެވެ. އޭގެ ކްރީމްގެ ފޭކް ކަމުންނެވެ. އެމީހުންނާއި އެއްގޮތަށް ދޮން ނުވާތީ އެވެ.