ތުއްތު ކުދީންނާއި މާބަނޑު މީހުންގެ ސިއްހަތަށް އެހީތެރިވުމުގެ ދާއިރާއިން ސަން ސިޔާމް އިރުފުށްޓަށް ބައިނަލް އަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ. އެ ރިސޯޓަށް ލިބުނީ ސްޕާކްސް ޗެރިޓީގެ ފަރާތުން ދޭ "އެވޯޑް އިން އެކްސެލެންސީ އެންޑް ފިލެންތުރޮޕީ" އެވެ.

"ސްޕާކްސް ޗެރިޓީ" އަކީ ތުއްތުކުދިންނާއި ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ސިއްހަތާއި ގުޅުންހުރި ކަންކަން ތަހުލީލު ކުރުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޖަމާއަތެވެ. "ސްޕާކްސް ޗެރިޓީ" އިން ސިއްހީ ދާއިރާ އިން ހޯދާފައިވާ އިންގިލާބީ ކުރިއެރުންތަކުގެ ފައިދާ ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެތައް ކުޑަކުދިންނާއި އަންހެނުންނާއި އާއިލާތަކުން ވަނީ ހޯދާފަ އެވެ.

ސްޕާކްސް ޗެރިޓީ އިން ބުނެފައިވާ ގޮތުގައި، އެ ޗެރިޓީ ވަނީ ޝާހީ އަމީރާ – ރޯޔަލް ހައިނެސް ޕްރިންސެސް މައިކަލް އޮފް ކެންޓް ފަދަ ޝާހީ އާއިލާ ތަކަށް ނިސްބަތްވާ ބޭފުޅުންގެ އިތުރުން ޑެނިސް ލުއިސް، ސާރ ސްޓީވް ރެޑްގްރޭވް އަދި ހެރީ ރެޑްނެޕް ފަދަ "ސްޕާކްސް ޗެރިޓީ" އަށް ތާއިދުކުރާ މަޝްހޫރު އެތަކެއް ބޭފުޅެއްގެ ސަމާލުކަން ހޯދާފައެވެ.

ސަން ސިޔާމް އިރުފުށި ވަނީ "ސްޕާކްސް ޗެރެޓީ"ގެ މިފަދަ ހާއްސަ އިވެންޓެއްގައި ޗުއްޓީ ދަތުރެއް ނީލަމަށް ލުމުގެ ފުރުސަތު ދީ މުހިންމު ސިއްހީ ތަހުލީލަކަށް ކޮންމެހެންވެސް ބޭނުންވާ ފައިސާ ހޯދައިދީފަ އެވެ.

"އަޅުގަނޑުމެން މިކާމިޔާބީއާ މެދު އުފާކޮށް، "ކޮޓުއާރ ޓްރެވެލް"ގެ ހާއްސަ ބައިނަލްއަގުވާމީ ޕްރޮގްރާމުގައި "ސަން ސިޔާމް އިރުފުށި" ހިމެނޭކަމާއި މެދު ފަހުރުވެރި ވަމެވެ،" ސްޕާކްސް ޗެރިޓީން ބުނެފައިވެ އެވެ.