12 Sep 2015, 23:25
މީހެއްގެ މުދަލެއްގެ ސަބަބުން އެހެން މީހަކަށް އުނދަގޫވެގެން، އެކަން ހައްލުކުރަން ކޯޓަށް މައްސަލަ ހުށަހެޅޭނީ ހަމައެކަނި އެޓާނީ ޖެނެރަލް (އޭޖީ) މެދުވެރިކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ނެރެގައިވާ ސާކިއުލާއެއްގައި ވަނީ އެފަދަ މައްސަލަތައް މިހާރަކަށް އައިސް ސީދާ އަމިއްލައަށް ކޯޓުތަކަށް ހުށަހަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ތުރާފިލުވުމުގެ މައްސަލަތައް ނުވަތަ މީހެއްގެ މުދަލެއްގެ ސަބަބުން އެހެން މީހަކަށް އުނދަގޫވެގެން، އެކަން ހައްލުކުރުމުގެ މައްސަލަތައް ޒަނާނުއްސުރެ އެންމެ ފުރަތަމަ ހުށަހަޅަމުން އައީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް ކަމަށް އެ ސާކިއުލާގައި ވެއެވެ.
އެހެންކަމުން ކޯޓުތަކަށް އޮންނަ އަސްލީ އިހްތިސޯސްގެ ދަށުން ހުށަހެޅޭ ތުރާފިލުވުމުގެ މައްސަލަތައް ބަލައިގަންނަންވާނީ އެޓާނީ ޖެނެރަލް އެ މައްސަލައެއް ހުށަހެޅުމުން ކަމަށް އެ ސާކިއުލާގައިވެއެވެ.