ޗެލްސީގެ ކޯޗަކަށް އޭނާއަށް ވުރެ ރަނގަޅު މީހަކު ނުލިބޭނެކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ރޭ އެވަޓަންގެ ގުޑިސަން ޕާކްގައި 3-1 ނަތީޖައަކުން ޗެލްސީ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާއަށް ކުރިމަތިވާ އުނދަގޫ ހާލަތްތަކަށްވެސް ޑީލްކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރިކަމަށާއި އޭނާއަކީ ޗެލްސީއަށް އެންމެ ގިނަ ކާމިޔާބު ހޯދައިދިން މީހާ ކަމަށެވެ.

"އަހަންނަކީ (ޗެލްސީގެ) ޗެމްޕިއަން. މިކުޅުންތެރިންނަކީ ޗެމްޕިއަނުން. މިވަޒީފާއަށް އަހަންނަށްވުރެ ވަކި ރަނގަޅު މީހަކު ނެތް. އަހަންނަކީ ޗެލްސީއަށް އެންމެ ގިނަ ކާމިޔާބު ހޯދަދީފައިވާ މީހަކީ. އަހަންނަކީ މިވަޒީފާއަށް ހުރި މީހެއް،" މޮރީނިއޯ ބުންޏެވެ.

ރޭ ގެ މެޗުން ބަލިވުމުން މޮރީނިއޯ ބުނީ މެޗް ފެށުނީ ތަންކޮޅެއް ފަސޭހަކޮށް ކަމަށެވެ.

ނަމަވެސް މެޗްގެ ނަތީޖާއާ ބަލާފައި ޗެލްސީގެ ކުޅުން ގޯސް ނޫންކަމަށް މޮރީނިއޯ ބުންނެވެ.