ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ބޮލީވުޑްގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން އަންނަ ދިއާ މިރުޒާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަތުވެއްޖެ އެވެ.

ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތަށް ދިއާގެ އިންސްޓަރގްރާމުގައި ވަނީ ޝެއާކޮށްފައި

ފިރިމީހާ ސާހިލް ސަންހާއާ އެކު ދިއާ ޗުއްޓީ ހޭދަކުރަނީ ޖުމައިރާ ވިޓާ ވެލި ރިޒޯޓުގަ އެވެ. ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހުދު ދޮންވެލިގަނޑާއި މޫދުގެ ފޮޓޯތަކެއް ދިއާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.

އަދި ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައިވެސްވެ އެވެ. ދިއާ އަށް ވަނީ މިސް އިންޑިއާ ބިއުޓީ ކޮންޓެސްޓް 2000 ވަނަ އަހަރު ރަނަރަޕްކަން ލިބިފަ އެވެ. ހަމަ އެއަހަރު މިސް އޭޝިއާ ޕެސިފިކްގެ މަގާމުވެސް ލިބިފައިވަނީ ދިއާ އަށެވެ.

ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް ދިއާގެ އިންސްޓަރގްރާމުގައި ވަނީ ޝެއާކޮށްފައި

ދިއާ އާންމުންގެ ތެރެއަށް ބޮޑަށް މަޝްހޫރުވެފައި ވަނީ އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން 'ރެހެނާހެއި ތެރެ ދިލް މޭ' އަދި 'ލަގޭ ރާހޯ މުއްނާ ބާއީ' ފަދަ ފިލްމުތަކުންނެވެ.