އިންޑިއާގެ ރަސްމީ އެއާލައިން އެއާ އިންޑިއާގައި އުޅޭ ފަލަ ކެބިން ކުރޫއިންގެ ލައިސަންސް އަތުލަން އެ އެއާލައިނުން ނިންމައިފި އެވެ.

އެއާ އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ފަލަކޮށް ތިބޭ ކެބިން ކުރޫއިންގެ ކުރޫ ލައިސަންސް އަތުލަން އަންގާފައި ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިއަ އަހަރު އެންގި އެންގުމަކާ ގުޅިގެން ކަމަށެވެ.

"ސިވިލް އޭވިއޭޝަނުން އެހެން އެންގުމާއި ގުޅިގެން 600 ކެބިން ކްރީއިންނަށް ހިކެން އެންގި، އޭގެތެރެއިން 125 ކެބިން ކުރޫއިން ނުހިކުމުން ލައިސަން އަތުލަން ނިންމީ،" އެއާ އިންޑިއާގެ އޮފިޝަލަކު ބީބީސީގައި ބުނެފައިވެ އެވެ.

އެއާ އިންޑިއާއިން ބުނެފައި ވަނީ އެއީ ފަލަވުން ނުވަތަ ބަރުދަނާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ފިޓްނެސްއާ ގުޅުން ހުރި ކަމެއް ކަމަށެވެ. އަދި ކެބިން ކުރޫއިންނަކީ ވަރަށް ފިޓްކޮށް ތިބެންޖެހޭ ބައެއް ކަމަށާއި، ފިޓް ނޫންނަމަ އެމެޖެންސީ ހާލަތުގައި ރަނގަޅަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އެއާ އިންޑިއާގައި ކެބިން ކުރޫއިންގެ ވަޒީފާއަށް ނަގަނީ ވަކި ބަރުދަނަކާއި ވަކި މިންވަރަކަށް އިސްކޮޅުން ދިގުވުމުންނެވެ. އެގޮތުން އަންހެން ކުއްޖެއްނަމަ އެ ކުއްޖެެއްގެ ބޮޑީ މާސް އިންޓެކްސް (ބީއެމްއައި) ހުންނަން ޖެހޭނީ 18 - 22 ހާ ދެމެދުގަ އެވެ. އަދި ފިރިހެނުންގެ ބަރުދަން ހުންނަން ޖެހެނީ 18 - 25 ބީއެމްއައިއާ ދެމެދުގަ އެވެ.

އޭވިއޭޝަން އެކްސްޕާޓެއް ކަމަށްވާ ކަޕިލް ކައުލް ބީބީސީގައި ބުނެފައި ވަނީ ފަލަ ނުވަތަ ބަރު ކެބިން ކުރޫއިން ތިބޭ އެއާލައިނަކީ ފިޓް ނޫން އެއާލައިނެއް ކަމަށް ދައްކުވައިދޭ ކަމަށެވެ. އެއާލައިނަކަށް ބޭނުން ވާނީ ސްޕާޓް ވިޓް ފްރެންޑްލީ ކްރޫއިން ކަމަށެވެ.

އެއާ އިންޑިއާގައި ފަލަކަމުން ސްޓާފުންގެ ލައިސަން އަތުލާ މިއީ ފުތަމަ ފަހަރެއް ނޫނެވެ. 2009 ވަނަ އަހަރު ނުވަ ހޮސްޓެސްއެއް ވަނީ ފަލަވެ ބަރުވެގެން އެ އެއާލައިނުގެ ވަޒީފާއިން ވަކިކޮށްފަ އެވެ.