20 Sep 2015, 18:09
މުޅި ޔޫރަޕަށާއި ހާއްސަކޮށް ޖަރުމަނަށް ދިމާވެފައިވާ ރެފިއުޖީންނާއި ހިޖުރަކުރާ މީހުންގެ މައްސަލައަށް އެހީވުމަށް، ޖަރުމަނުގެ ބަޔާން މިޔުނިކް އަށް ކުޅޭ މާރިއޯ ގޮޓްޒާގެ ހާއްސަ ބޫޓެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލު މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާ ކޮޅަށް ލަނޑުޖަހާ ޖަރުމަނަށް ތަށި ހޯދައިދިން އުމުރުން 23 އަހަރުގެ ގޮޓްޒާ، ވިއްކާލަން ނިންމާފައިވާ ނައިކް ބްރޭންޑުގެ އެ ބޫޓުގައި، ހޭޝްޓެކް ބޭނުންކޮށްގެން "ރެފިއުޖީސްވެލްކަމް" ޖަހާފައި އިނދެއެވެ.
އެ ބޫޓަށް އަރައިގެން ގޮޓްޒާ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރަށުން ބޭރުގައި މިދިޔަ ހުކުރު ދުވަހު ގްރީސްގެ އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން އަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އެ މެޗުން ބަޔާން މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.