އައްޑޫ ސިޓީގެ ފަޅުރަށްތަކާ ދިމާލު ގޮނޑުދޮށުން ވެލިނަގަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އައްޑޫ ސިޓީގެ ގޮނޑުދޮށުން ވެލިނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނޫ، ޤާނޫނު ނަމްބަރު 4/93 ގެ ދަށުން މަނާކަމެކެވެ.

ފުލުހުން ބުނިގޮތުގައި މިއަދު މެންދުރު އެސަރަހައްދުން ވެލިނަގަން ތިއްބައި ހައްޔަރުކޮށްފައިވަނީ ދިވެހި ފަސް ފިރިހެނުންނެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ސ. ހިތަދޫ، ކުނިގޮނޑާދިމާ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދަނިކޮށް ކުށުގެ ވެށިން ކަމަށާއި އެމީހުން އެސަރަހައްދުން ނަގާފައިވާ 21 ބަސްތާ އަކިރިއާއި 38 ބަސްތާ ދޮންވެލި އެ ނެގި ސަރަހައްދަށް ހުސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.