ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނުކުތް މީހެއްގެ އަތުން 20،000 ޑޮލަރު (308،400 ރުފިޔާ) ފޭރިގަނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މީހެއްގެ އަތުން 20،000 ޑޮލަރު ފޭރިގަނެގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިއަދު މެންދުރު 1:30 އެހާކަންހާއިރު އެސްބީއައި ގޯޅިތެރެއިން ސައިކަލެއްގައި އައި ދެ މީހަކު އެސްބީއައިން ޑޮލަރުތަކެއް ނަގައިގެން ނުކުތް މީހެއްގެ އަތުން އެ ޑޮލަރުތައް ފޭރިގަނެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ޑޮލަރުތަކުގެ އިތުރުން އެ މީހާގެ އަތުން ބައެއް ކަހަލަ ޑޮކިއުމަންޓުތައް ވެސް އެ ދެ މީހުން ފޭރިގަނެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މީހެއްގެ އަތުން 20،000 ޑޮލަރު ބަޔަކު މީހުން މިއަދު ފޭރި ގަނެފައިވާ އިރު އިރާއީ ބުކްޝޮޕް ފަޅާލައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ރޭ ވަނީ ވަގަށް ނަގައިފަ އެވެ.