ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ޒަހަމްވި ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝާކިރު "ސަން"އަށް ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ދެ މީހުން ހޮސްޕިޓަލަށް ގެނައިއިރު އޮތީ ލެއިން "ތަތްތެޅިފައި" ކަމަށެވެ.

"ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ. ދެ މީހުން އޮތީ ލެއިން ތަތްތެޅިފައި. ގައިން ފޭބި ލޭ ހޮސްޕިޓަލްތެރޭގަ އާއި މަގުމަތީގައި ވެސް އެބަ ހުރި،"ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިރެކްޓަރު އަހުމަދު ޝާކިރު

އެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ މިރޭ 6:40 އެހާކަންހާއިރު ހުޅުމާލެ 29 ނަމްބަރު ފުލެޓް ކައިރީގައި ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.