ޖަރުމަނުގެ ގެއަކަށް ވައްކަން ކުރަން ވަން މީހަކު އެގެއިން ނުނުކެމެވި ތާށިވުމުން ސަލާމަތްކޮށްދިނުމަށް އެދި ފުލުހުންނަށް ގުޅައިފި އެވެ.

ޖަރުމަނުގެ ފުލުހުން އިންޑިޕެންޑެންޓް ނޫހަށް މައުލޫމާތު ދެމުން ބުނީ 43 އަހަރުގެ އެމީހާ ވަން ގޭގެ ދޮރު ހުރީ ތަޅުނުލައި ކަމަށެވެ. އެ ގޭގެ ފަހަތު ދޮރުން ވަނުމަށް ފަހު މޯބައިލް ފޯނަކާއި ޓެބެލެޓަކާއި ކާއެއްޗެހި ކޮޅެއް ވަގަށް ނެގިއެ އެވެ. އަދި އެގޭގެ ގުދަނަށް ވަންތަނުން އެ ދޮރު ލެއްޕުނެވެ. އަދި އެއީ ހަލާކުވެފައި ހުރި ދޮރަކަށް ވުމުން އެ ދޮރު އެތެރެއިން ނުހުޅުވުނެވެ.

އެ ދަތި ހާލުން ސަލާމަތްވުމަށް އޭނާ ފުލުހުންނަށް ގުޅީ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އައިސް އޭނާ ސަލާމަތް ކުރުމަށް ފަހު ސުވާލުތައްކޮށް ވަގަށް ނަގާފައިވާ ތަކެތި އަތުލުމަށް ފަހު ދޫކޮށްލީ އެވެ. އެއީ އެގައުމުގެ ގޫނޫނުތައް ބުނާ ގޮތުން ވަގަށް ނަގާފައިވާ ތަކެތި ރައްދުކުރުމަށް ފަހު ބަންދުގައި ނުބެހެއްޓޭތީ އެވެ. އެހެންނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.