ގއ. ވިލިނގިލީ ގެއެއްގެ ތެރޭގައި ޖުވާ ކުޅެންތި ބިކަމުގެ ތުހުމަތުގައި، ކައުންސިލަރަކާ އެކު 12 ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ރޭ 23:58 ކަންހާއިރު ހިންގި އޮޕަރޭޝަނުގައި ޖުވާކުޅެންތިބިކަމުގެ ތުހުމަތުގައި ފުލުހުން އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން މިގެއަށް ފުލުހުން ވަދެ އެ ގެ ބަލައި ފާސްކުރި އިރު އަގުބޮޑު ފޯނުތަކާއި ޖުވާކުޅުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވެ،" ފުލުހުން ބުންޏެވެ.

އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 27 އަހަރުގެ ތިން ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.