22 Oct 2015, 15:36
ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ރާއްޖޭގައި އަޅުއްވައިދެއްވާ ހަ މިސްކިތެއްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދުގެ ހިލޭ އެހީގެ ދަށުން އަޅާ ތިން މިސްކިތެއްގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޒިޔާދު ބާޤިރު ވިދާޅުވީ އެ ހަ މިސްކިތުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށެވެ.
މިސްކިތްތައް އަޅާދައިދޭ ފަރާތް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ފަރާތަކުން އަޅައިދޭ ހަ މިސްކިތް އެޅުމަށް ހަމަޖެހިފައި ވަނީ ށ. ކަނޑިތީމު، ށ. ނަރުދޫީ، ރ.ހުޅުދުއްފާރު، މ.މުލަކު، ލ.މާބައިދޫ އަދި ހއ. ތަކަންދޫގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގައި އަޅާ މިސްކިތްތަކުގެ ތެރެއިން ބާކީ ހުރި ދެ މިސްކިތުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
އަދި މިސްކިތްތައް އެޅުމުގެ އެ މަޝްރޫއަށް ޖުމްލަ 70 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ހަރަދުގައި މިހާރު 17 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ކަމަށް 87 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފަސް ރަށެއްގެ ފަސް މިސްކިތެއްގެ މަސައްކަތް މިއަހަރު ނިމި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެ ރަށްތަކަކީ ކ.ގާފަރު، ތ. ގާދިއްފުށި، ލ. މާވަށް، ކ.ގުރައިދޫ އަދި ހދ. މަކުނުދޫ އެވެ.