ވޯލީބޯލް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި މަތިމަރަދޫ ޒުވާނުންގެ ރޫހްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން ލ. ފޮނަދޫ ޒުވާނުންގެ ރޫހްގެ ހޯދައިފިއެވެ.

ފޮނަދޫ ވޮޅިކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ދެސެޓް ފޮނަދޫއިން ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ.

އެގޮތުން ފުރަތަމަ ސެޓް 25-15 އިން ކަމިޔަބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ.

ތިން ވަނަ ސެޓް ކާމިޔަބު ކުރީ 25-20 ންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޮނަދޫ ހައްވާ ރަޝީދާއެވެ. އޭނާ ވަނީ މުބާރާތުގެ ހޮވި އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޑްރީމް ޓީމްގައިވެސް ހިމެނިފައެވެ.

ފޮނަދޫ ޓީމުން ޑްރީމް ޓީމަށް ދެން ހޮވިފައިވަނީ ފާތިމަތު ޒޭނާއާއި ފާތިމަތު ޝާއިރާއެވެ. އަދި ޑްރީމް ޓީމްގެ ލިބަރޯއަކަށްވެސް ހޮވިފައިވަނީ ފޮނަދޫގެ މަރިޔަމް ރައުޝަންއެވެ.

ލ. ގަމަށް ނިސްބައިވާ މަތިމަރަދޫ ޓީމުން ޑްރީމް ޓީމަށް ހޮވިފައިވަނީ އައިޝަތު ލުބުނާއާއި ރަމްލާ އަބޫބަކުރެވެ.

ޑްރީމް ޓީމަށް ދެން ހޮވުނު ކުޅުންތެރިޔަކީ ގަމުގެ ތުނޑީ އަވަށަށް ނިސްބަތްވާ ސްޓާ ޓީމްގެ ފާތިމަތު މަޒިއްޔާއެވެ.

ޑްރީމް ޓީމްގެ ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ފޮނަދޫގެ ކޯޗް ޞޮފްވާން މުޙައްމަދެވެ.

މިޒޯންގެ ޗެމްޕިއަންއާއި ރަނަރަފު ޓީމްގެ ހައިސއްޔަތުން ފޮނަދޫ އާއި މަތިމަރަދޫ ޓީމް ވަނީ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މުބާރަތަށް ކޮލިފައި ވެފައެވެ.

މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފުވެރި މެހެމާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާޢީލް (ސާޔާ) އެވެ.