26 Oct 2015, 10:10
ޒުވާނުންނާ ގުޅޭ ގޮތުން އިއްޔެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކުން ގޯސްކޮށް ތަރުޖަމާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން އިއްޔެ ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކުން ގޯސްކޮށް ތަރުޖަމާ ކުރަމުން އަންނާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"Baeh faraaiythakun, zuvaanunnaa gulhey gothun Raees vidhaalhuvi vaahakafulhu goaskoh tharujamaa kuraafaivaathy ekamaa hithaama kuran" -im
— Ibrahim Muaz Ali (@SpokespersonMV)October 26, 2015
މުއާޒު ވިދާޅުވީ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވައިގެން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ކަމަށެވެ.
"Harudhanaa zuvaan jeeleh binaa kurevvumaky Raees ge siyaasathugai emme iskameh dhevvaigen kuravvamun gendhavaa eh masakkaiypulhu" -im
— Ibrahim Muaz Ali (@SpokespersonMV)October 26, 2015
ގައުމާ މުހާތަބު ކުރައްވަމުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވީ ޒުވާނުންގެ ކަންކަން ކުރަމުން ދަނީ "ސީދާ" ޔޫތު މިނިސްޓަރުގެ ބެއްލެވެމުގެ ދަށުން ކަމަށެވެ.
"އެހެންނަމަވެސް ޒުވާނުންގެ އެކި ގްރޫޕުތަކަށް ބޭނުންވާ ފައިސާ އާއި ބޭނުންވާ ކަންތައްތައް ހަމަޖެއްސުމުގައި އަޅުގަނޑުމެން އޭރު ދިޔައީ ވައިސް ޕްރެޒިޑެންޑް އަހްމަދު އަދީބް ނޫނިއްޔާ އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ހުންނެވި އަދީބްގެ ތެރެއިން ހަމަޖެހިގެން ދިޔައީ،" ރައީސް ޔާމީން އިއްޔެ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި "ޒުވާން ގުރޫޕުތައް" ކަމަށް ވިދާޅުވެފައި ވަނީ ޒުވާނުންގެ ތެރެއިން އުފެދިފައިވާ އިޖުތިމާއީ ކުޅިވަރު ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތައް ކަމަށެވެ.
"Raees ge thaqreeru gai, "zuvaan group" kamah vidhaalhuvefaivany, zuvaanunge therein ufedhifaivaa ijthimaa'ee kulhivaru harakaaiythakaai 1/2
— Ibrahim Muaz Ali (@SpokespersonMV)October 26, 2015