Last Updated: 1 decade 3 week ago
ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފައިވާ ބ.ހިބަޅިދޫ އިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނުއުސް ކޮންފަރެންސްގެ ލައިވް ކަވަރޭޖަށް މަރުހަބާ!
އިތުރަށް މައުލޫމާތު ސާފުކުރި އިރު މުހައްމަދު އައްލާމް ލަތީފްގެ ޝެއާ އޮންނަ އެހެން ކުންފުންޏެއް އޮންނަކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިގެން އެކަން މިދަނީ ބަލަމުން. އެކުންފުންޏަކީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް. މ. ސެސްނާގަ އެކުންފުނީގެ އޮފީސް ހިންގަމުން ދަނީ. އެކުންފުނީގެ ޝެއާހޯލްޑަރުންނަށް ދެބޭފުޅަކު އެބަތިއްބަވ.ާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ 90 ޕަސެންޓު ޝެއާ، އޭގެއިތުރުން އަބްދުއްލަތީފް އަބޫބަކުރު އެއީ އައްލާމް ލަތީފްގެ ބައްޕަ، އެބޭފުޅާގެ 10 ޕަސެންޓު ހިއްސާ އޮވޭ.
މިކަން އަޅުގަނޑު ފާހަގަކުރަން މިޖެހުނީ، މި ތިން ކުންފުނީގެ ވެސް މައިގަނޑު ހިއްސާ ނުވަތަ މައިގަނޑު މަސައްކަތް ކުރާ އެއްފަރާތަކީ ތަހުގީގަށް މިހާރު އެނގިފައިވާގޮތުގައި މުހައްމަދު އައްލާމް ލަތީފް.

ފުލުހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައި އެބަހުރި މި ހަތިޔާރާއި މުހައްމަދު އައްލާމް ލަތީފާ ގުޅުމެއް ވާކަމަށް ފުލުހުންގެ މައުލޫމާތު ވަނީ ލިބިފަ. މުހައްމަދު އައްލާމް ލަތީފް މިހާރު ހުރީ ރާއްޖެއިން ބޭރުގައި. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އެގެންދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އޭނާ ރާއްޖެ ގެނެވޭނެ ކަމަށް މިބަލަނީ
"މިހާރު އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގެ ދަށުން ޗީފް އޮފް ޑިފެންސްފޯސްގެ ބެއްލެވުމުގެ ދަށުން މިލިޓަރީ ޕޮލިހުންނާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ވަރަށް ފުރިހަމަ ތަހުގީގެއް، ހަތިޔާރުތައް ސިފައިންގެ ހަތިޔާރު ގުދަނުން ބޭރުވެފައިވާ ގޮތާއި މިކަމުގައި ހިމެނޭ މީހުންނާއި އަދި މިކަން ދިމާވާން ސިސްޓަމްތެރޭގައި ހުރި ގޮތްތައް، ހުރިހާއެއްޗެއް އެންމެ ފުނަށް ތަހުގީގުކޮށް އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މިހާރުން މިހާރަށް ކުރިއަށްގެންދާ ވާހަކަވެސް ދިވެހި އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަން،"
"މި ހަތިޔާރުތައް ފެނުނު ހިސާބުން ސިފައިންގޭގެ ހަތިޔާރުގެ ލިސްޓާއި އަދި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އެއްޗެއްގެ އޮޑިޓް ކުރެވެމުން އެބަދޭ. އޭގެތެރެއިން މިވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި މިއަދު މި ހިނގައިދިޔަ އޮޕަރޭޝަންގައި އަޅުގަނޑުމެންނަށް ފެނިފައިވާ ހަތިޔާރުތަކުގެ ތެރެއިން އޭކޭ ޓީ36 އަދި ބެންޕީ5 މި ދެ ހަތިޔާރު މިއީ ސިފައިންގެ އާމަރީއަށް ނިސްބަތްވާ ދެ ހަތިޔާރު ކަމަށް،"
މި އޮޕަރޭޝަންގެ ތެރޭގައި ޓީޝާޓެއް ފެނިފައިވޭ. އެއީ ތަހުގީގަށް ހައްޔަރުކޮށްފައިވާ ސިފައިންގެ މީހެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން
އެ ހަތިޔާރުތައް ސިފައިންގެ ތެރެއިން ބޭރުވެފައިވާ މައްސަލައިގެ ތަހުގީގެއް ދަނީ ކުރަމުން. އެތަހުގީގު ކުރަނީ މިލިޓަރީ ޕޮލިހާއި އަދި ޗީފް އޮފް ޑިފެންސްފޯސްގެ ބެއްލެވުމުގެ ދަށުން
ދެން ހައި އެކްސްޕްލޯސިވް ގޮއްވުމެއް އިތުރަށް ބާރުގަދަ ކުރެވިދާނޭ ތަކެއްޗާއި، ޕްލާސްޓިކް އެކްސްޕްލޯސިވްގައި ބޭނުންކުރާނޭ ތަކެތި ހިމެނޭ. އަދި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިޒް (އައިއީޑީ) އެކްޓިޥޭޓް ކުރުމަށް ރިމޯޓްގެ ގޮތުގައި ބޭނުންކުރާނޭ ތަކެއްޗާއި، ޕަވަސޯސްތަކާއި، އެފަދަ އެއްޗަކުން ލިބޭ ގެއްލުން އިތުރުކުރުމަށް ބޭނުންކުރެވިދާނެ 500 ގްރާމްގެ މޮހޮރުވެސް ހިމެނޭ. އަދި އެއާއެކު ބޭނުންކުރާނޭ ތަފާތު ކޭބަލްފަދަ ތަކެތި ހިމެނޭ.
ދެން ލޯންގް ރޭންޖް ސްނައިޕަރ ރައިފަލެއްގެ ވަޒަނަކާއި، އެމް75ގެ ދެ ހޭންޑް ގްރެނޭޑް ހިމެނޭ. މި ދެ ގްރޭނޭޑަކީ 15 މީޓަރުގެ ސަރަހައްދެއްގައި ބައެއްގެ ފުރާނައަށް ގެއްލުން ދެވިދާނެ، އަދި 50 މީޓަރު ދުރުގައި ތިބޭ ބަޔަކަށްވެސް އަނިޔާ ދެވިދާނޭފަދަ ދެ ގްރެނޭޑް.
ދެން ހިމެނޭ ބްރައުނިން ޕިސްޓޯލްއެއް. މި ޕިސްޓޯލްއަކީ، 50 މީޓަރުގެ ރޭންޖަކަށް ވަޒަން ފޮނުވާލެވޭނެ ޕިސްޓޯލްއެއް. ދެން ކުރިން ދައްކާލި 9 އެމްއެމްގެ 43 ވަޒަނަކީ މި ޕިސްޓޯލްއާ އެކު ވެސް ބޭނުންކުރެވޭނެ ވަޒަންތަކެއް.
ދެން އޮތީ މެޝިން ޕިސްޓޯލް-5 ނުވަތަ އެމްޕީ-5 ޕިސްޓޯލްއެއް. އެއާއެކު 9އެމްއެމްގެ 43 ވަޒަން ހިމެނޭ. މި ވަޒަންތަކުގެ ރޭންޖަކީ 125 މީޓަރު.
އޭގެ ތެރޭގައި އޭކޭ ޓީ56ގެ ފުލް ސިސްޓަމެއް ހިމެނޭ. އެއާއެކު 7.62އެމްއެމްގެ 121 ވަޒަން ހިމެނޭ. މީގެ ރޭންޖަކީ 0-300 މީޓަރު.
އަޅުގަނޑުމެންގެ އީއޯޑީ ޓީމަކުން އެ ދެ ދަބަސް ކަނޑައި ބެލިއިރު އޭގެ ތެރޭން ފެނިފައިވާ ތަކެތި ތިބޭފުޅުންގެ ކުރިމަތީގައި ފެންނަން ތިހިރީ.
މިތަކެތި ފެނިފައިވަނީ، ދެ ދަބަހަކަށް އަޅާފައި ކަނޑުއަޑިއަށް ދޫކޮށްލާފައި ވަނިކޮށް. ދެ ދަބަސް ވަނީ، އެ ހިސާބުގެ އޮއިވަރު ހުރިގޮތުން އޮ ގަދަވި ނަމަވެސް އޮޔާ ނުދާގޮތަށް ހިލައިގައި އައްސާފައި އަޑިއަށް ފައްތާފައި.
ފުރަތަމަ ޗެކްކުރީ އެރަށުގައި ވަޅުލާފައި ހުރި ހަތިޔާރު އަދި ހަތިޔާރާ ގުޅުންހުރި ސާމާނު ހޯދުމަށްޓަކައި. ކުރެވުނު ބުރަ މަސައްކަތުން އެނގިގެން ދިޔައީ މިތަކެތި ރައްކާކޮށްފައި ހުރީ ކަނޑުއަޑީގައި ގާތްގަނޑަކަށް 45 މީޓަރެއްހާ އަޑީގަކަން.
ފުލުހުންނާއި އެމްއެންޑީއެފާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކުން ފޯރުކޮށްދީފައިވާ މައުލޫމާތުގެ އެހީގައި އަޅުގަނޑުމެންނަށް ހިބަޅިދޫއާ ހަމައަށް ދެވުނީ.
އެގޮތުން ވަރަށް ގިނަ ހަތިޔާރު މިވަނީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފަ
ހިންގުނު އޮޕަރޭޝަންގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މިވަނީ ހަތިޔާރާއި އަދި ބޮންހަދަން ބޭނުންކުރާ ސާމާނު ފަޅުރަށެއްގައި ހުރި ކަމަށް މައުލޫމާތު ލިބިގެން ގޮސް ހިންގުނު އޮޕަރޭޝަނެއް މިއީ





