ދަ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ލެވާންތު (އައިއެސްއައިއެލް) އިން ހައްޔަރު ކޮށްފައި ތިބި އަސީރިއަން ދަރިކޮޅުގެ 37 ނަސާރާއިން، ހައްޔަރުގައި ތިބޭތާ ނުވަމަސް ދުވަސް ފަހުން އިއްޔެ އެޖަމާއަތުން ދޫކޮށްލައިފި އެވެ.

މިނިވަން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 27 އަންހެނުންނާއި 10 ފިރިހެނުންނެވެ. އޭގެތެރޭގައި ގިނައީ ދުވަސް ވެފައި ތިބި މީހުންނެވެ.

އަސީރިއާގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އައިއެސްއައިއެލް އިން ދޫކުރި މީހުންގެ ހާލު ރަނގަޅެވެ.

މީގެ ކުރިން ރަސްކަމެއް އޮތް އަސީރިޔާ އަށް ނިސްބަތްވާ 215 މީހުން އައިއެސްއައިއެލް އިން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އޭގެ ސަބަބުން އަސީރިޔާގެ ގިނަ އަވަށްތަކުގެ މީހުން ވަނީ އެމީހުންގެ ރަށް ދޫކޮށް އެހެން ރަށްތަކަށް ދަތުރު ކޮށްފައެވެ.

ހޮނިހިރު ދުވަހަށް ފަހުންވެސް އަސީރިއާގެ ބައެއް މީހުން އައިއެސްއައިއެލް އިން ވަނީ މިނިވަންކޮށްފަ އެވެ. މިހާރު މިނިވަން ކޮށްފައިވާ މީހުންގެ އަދަދު 88 އަރާނެކަމަށް ބެލެވެ އެވެ.

މައުލޫމާތު: ސީއެންއެން