އެންޑީ މަރޭ ބަލިކުރުމަށްފަހު ނޮވަކް ޖޮކޮވިޗް ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ސާބިއާއަށް އުފަން ޖޮކޮވިޗް ހޯދީ، ފައިނަލްގައި އެންޑީ މުރޭއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ، 2-6 އަދި 4-6 ގެ ނަތީޖާއިންނެވެ. އަދި މިފަހަރުގެ ޓެނިސް ސީޒަނުގައި ޖޮކޮވިޗަށް ލިބުނު ދިހަ ވަނަ ތަށްޓެވެ.

ފައިނަލް މެޗް ފެށުމުގެ ކުރިން ޖޮކޮވިޗް އަދި އެންޑީ މަރޭ --- ފޮޓޯ: އޭޕީ

މިއީ ޖޮކޮވިޗް މިއަހަރުތެރޭ ކާމިޔާބުކުރި 10 ވަނަ މުބާރާތަށްވާއިރު، އޭގެ ތެރޭގައި 3 ގްރޭންޑް ސްލޭމް ހިމެނެއެވެ. ޖޮކޮވިޗް މިއަހަރުތެރޭ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތްތަކަކީ، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަން އަދި ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. ޖޮކޮވިޗް ވަނީ މިހާރު ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ.