އދ. ކުޑަރަށް ތިލަ ކައިރިން ޑައިވިންއަށް ގޮސް އުޅުނު ދިވެހި ޒުވާނަކު ނިޔާވެއްޖެ އެވެ.

އދ. ދިގުރަށު ކައުންސިލް އިދާރާގެ ޑިރެކްޓަރު އަލީ ޝަމީމް ސަން އަށް ވިދާޅުވީ އެ ޒުވާނާގެ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:30 އެހައިކަންހާއިރު ކަމަށެވެ.

ސަފާރީ ދޯންޏެއްގައި މަސައްކަތް ކުރާ އެ ޒުވާނާ އަކީ ޅ. ނައިފަރަށް ނިސްބަތްވާ މީހެކެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ނިޔާވި އެ ޒުވާނާގެ ނަމަކީ އަހްމަދު ނަވާސް ކަމަށާއި އޭނާ އަކީ 30 އަހަރުގެ މީހެއް ކަމަށެވެ.

އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.