18 Nov 2015, 22:44
ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ސޯލިހް ބްނު އަބްދުލްއަޒީޒް ބުނު މުހައްމަދު މިއަދު ރާއްޖެވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ސައުދީގެ އިސްލާމިކް މިނިސްޓަރު ކުރެއްވި އެ ދަތުރުފުޅުގައި ރައީސް ޔާމީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ސައުދީގެ އިސްލާމިކް މިނިސްޓަރު ސޯލިހުއަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު އެވެ.

ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ސޯލިހް ބްނު އަބްދުލްއަޒީޒް ބުނު މުހައްމަދު މިއަދު ރާއްޖެވަޑައިގަތުން -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން
ދީނީ އެކި ކަންކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ވެރިންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ސައޫދީ ސަރުކާރާއި ދިވެހި ސަރުކާރާ އެކު މިނިސްޓަރުންގެ ފެންވަރުގައި އެއްބަސްވުމެއްގައި ސޮއިކުރުން މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގައި މާދަމާ ފަށާ ދީނީ އިލްމުވެރިންގެ ތިން ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ސައޫދީ މިނިސްޓަރުގެ ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.