23 Nov 2015, 14:21
އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 40 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި 12 ޓީމް ވާދާކުރާއިރު 148 ފެތުންތެރިން ވާދަ ކުރާނެ ކަމަށް ސުވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ މިއަދު ސަން އަށް ވިދާޅުވީ 12 ޓީމު ހިމެނޭ އިރު އެއީ އަންހެން އަދި ފިރިހެން ކޮންމެ ކެޓެގަރީއަކުން ހަ ޓީމް ކަމަށެވެ. އަދި 148 ފެތުންތެރިންގެ ތެރިން މުބާރާތުގައި ވާދަކުރާ އިރު އެއީ އަންހެން އަދި ފިރިހެން ވެސް 74 ފެތުންތެރިންނެވެ.
މުބާރާތުގެ ފެތުމުގެ އިވެންޓްތައް ހަތަރު ކެޓެގަރީއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބާރަ އަހަރުން ދަށުގެ ކެޓަގަރީގައި 67 ފެތުން ތެރިން ވާދަ ކުރާއިރު އެއީ އަންހެން 38 ފެތުންތެރިންނާއި 29 އަންހެން ފެތުންތެރިންނެވެ.
އޯޕަން ކެޓެގަރީ ނުވަތަ 14 އަހަރުން ދަށުން 33 ފެތުންތެރިން ވާދަކޮށްފައިވައިރު އެއީ އަންހެން 14 ފެތުންތެރިންއި ފިރިހެން 19 ފެތުންތެރިންނެވެ.
މާސްޓާސް ކެޓެގަރީ ނުވަތަ 35 އަހަރުން މަތީގެ ކެޓެގަރީއިން 10 ފެތުންތެރިން ވާދަ ކުރާއިރު އެއީ ހަ އަންހެން ފެތުންތެރިންނާއި ހަތަރު ފިރިހެން ފެތުންތެރިންނެވެ.
ޓީމް ކެޓަގަރީގައި އިންޑިވިޖުއަލް އިވެންޓްގައި 91 ފެތުންތެރިން ވާދަ ކުރާއިރު އެއީ 42 އަންހެން ފެތުންތެރިންނެވެ. އަދި ފިރިހެން 48 ފެތުންނެރިންނެވެ.
އިސްމާއީލް ވިދާލުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގައި އެކަށީގެންވާ އަދަދަކަށް ފެތުންތެރިން ބައިވެރިވެފައި ނުވުމުން އެކެޓަގަރީއަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އަންނަ ބްރަސްފަތި ދުވަހުގެ 2:00 ގެ ކުރިން އެކެޓަގަރީއަށް ކުރިމަތިލައްވާ ފަރާތްތަކުން ސުވިމިން އެސޯސިއޭޝަނަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.
މުބާރާތުގެ ފައިނަލް އިވެންޓްތައް އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.